ކައިޒީންގެ ބައްޕަ ގޮވައިގެން ބައްޕައާ ދެކޮޅަށް ހައިކޯޓަށް!

ކައިޒީންގެ ބައްޕަ ގޮވައިގެން ބައްޕައާ ދެކޮޅަށް ހައިކޯޓަށް!
ލިޔުން:
ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) އޭނާގެ ބައްޕަ އާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރާ މައްސަލައިގައި އެދުނު ކޯޓު އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމުމާއި ގުޅިގެން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
ކައިޒީން އޭނާގެ ބައްޕައާއި ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކޯޓު މެދުވެރިކޮށް ހޯދަން އުޅުނު އަމުރަކީ އެ ބޯޓު ގަންނަން ހަރަދު ކުރީ ކައިޒީން ކަމަށް ކަނޑައެޅުމަށާއި ބޯޓުގެ ރަޖިސްޓްރީ ކައިޒީންގެ ނަމަށް ބަދަލުކޮށް އަދި ބޯޓު ކައިޒީންއާއި ހަވާލު ކުރުމަށް އަމުރުކުރުމަށެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ ބޯޓު ގަތުމަށް ފައިސާ ދިނީ ކައިޒީން ކަން ސާބިތުކުރަން ހެކިތަކެއް ހުށަހަޅާފައިވާ ކަމަށާއި، ބޯޓު ގަތުމަށް ފައިސާ ދިނީ ކައިޒީން ކަމާއި މެދު އޭނާގެ ބައްޕަ އިންކާރު ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން މައްސަލާގައި ކައިޒީނަށް ހިމާޔަތް ލިބެންޖެހޭ ހައްގެއް އެބައޮތް ކަމަށާއި އަދި އެ މައްސަލަ ނިމުމުގެ ކުރިން ބޯޓުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުވެއްޖެ ނަމަ ކައިޒީނަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
ކައިޒީން އޭނާގެ ބައްޕައާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ އޭނާގެ ބައްޕައާއި ހަވާލުކޮށްގެން ގަތް ބޯޓު ބައްޕަގެ ނަމަށް ރަޖިސްޓްރީ ކުރުމާއި ގުޅިގެންނެވެ. ކައިޒީން ބޭނުންވަނީ މި ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކުރާށެވެ. ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ވެސް މިބޯޓުގެ ރަޖިސްޓްރީ ބައްޕަގެ ނަމުން އޭނާގެ ނަމަށް ބަދަލު ކުރުމަށެވެ.
ކައިޒީން ކޯޓަށް ހުށައެޅި މައްސަލައިގައި ބުނެފައިވަނީ އޭނާގެ ބައްޕަ އިބްރާހިމް އަލިފުޅު އޭނާގެ ނަމަށް ބޯޓު ރަޖިސްޓްރީ ކޮށްފައިވަނީ ކައިޒީންގެ ހުއްދައާ ނުލާ ކަމުގައެވެ. އެހެންކަމުން ކޯޓުގައި ވަކާލާތު ކުރަމުން ކައިޒީންގެ ބައްޕަ ބުނެފައިވަނީ ބޯޓު ގަތް ފަރާތަކީ އޭނާކަން އެގެން އޮންނާނެ ކަމަށެވެ. މީގެއިތުރުން އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން ދަރީންގެ މުދަލަކީ މައިންބަފައިގެން މުދާ ކަމަށާއި، ދަރީންގެ މުދާ މައިންބަފައިން ބޭނުން ކޮށްގެން ކޯޓުގައި ދާއުވާ ނުކުރެވޭނެ ކަމުގައެވެ.
3.6 މިލިއަން ރުފިޔާގެ އަގުހުރި މި ބޯޓުގެ ނަމަކީ ”މިހިރީ ނަންބަރު 5“އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
