
ކައިޒީން ބައްޕައާ ދެކޮޅަށް ކުރާ ދައުވާގެ މައްސަލަ މަޑުޖައްސާލަން އަމުރުކޮށްފި
ކައިޒީން ބައްޕައާ ދެކޮޅަށް ކުރާ ދައުވާގެ މައްސަލަ މަޑުޖައްސާލަން އަމުރުކޮށްފި
ލިޔުން:
ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރާ ދައުވާގެ މައްސަލަ މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކައިޒީން އޭނާގެ ބައްޕައާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ އޭނާގެ ބައްޕައާއި ހަވާލުކޮށްގެން ގަތް ބޯޓު ބައްޕަގެ ނަމަށް ރަޖިސްޓްރީ ކުރުމާއި ގުޅިގެންނެވެ. ކައިޒީން ބޭނުންވަނީ މި ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކުރާށެވެ. ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ވެސް މިބޯޓުގެ ރަޖިސްޓްރީ ބައްޕަގެ ނަމުން އޭނާގެ ނަމަށް ބަދަލު ކުރުމަށެވެ.
ނަމަވެސް އެ މައްސަލާގައި މަދަނީ އިޖްރައާތުގެ ގާނޫނުގައި ބުނާގޮތަށް ޖަވާބު ހުށަހަޅާފައި ނުވާތީ ބައްޕަގެ ޣައިރު ހާޒިރުގައި ހުކުމްކޮށްދޭން ކައިޒީންގެ ފަރާތުން ސިވިލް ކޯޓުގައި އެދުމުން އެ ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނިންމީ އެގޮތަށް ހުކުމް ނުކުރެވޭނެ ކަމަށެވެ.
އެގޮތުން، އެ ނިންމުން ކައިޒީންގެ ފަރާތުން އިސްތިއުނާ ކުރުމަށް ފަހު، އެ މައްސަލަ ހައި ކޯޓުން ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް އެދުނެވެ.
ހައި ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ ޣައިރު ހާޒިރުގައި ހުކުމް ކުރުމާ އެ ކޯޓުން މެދު ގޮތެއް ނިންމުމުގެ ކުރިން ސިވިލް ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފިނަމަ، އެ މައްސަލައިގެ ބޭނުން ކެނޑިގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން އެ އަމުރުގައި ވަނީ ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމަށް ކަމަށެވެ.
3.6 މިލިއަން ރުފިޔާގެ އަގުހުރި މި ބޯޓުގެ ނަމަކީ ”މިހިރީ ނަންބަރު 5“އެވެ. ކައިޒީން ކޯޓަށް ހުށައެޅި މައްސަލައިގައި ބުނެފައިވަނީ އޭނާގެ ބައްޕަ އިބްރާހިމް އަލިފުޅު އޭނާގެ ނަމަށް ބޯޓު ރަޖިސްޓްރީ ކޮށްފައިވަނީ ކައިޒީންގެ ހުއްދައާ ނުލާ ކަމުގައެވެ. އެހެންކަމުން މި މައްސަލަ ނިމެންދެން ބޯޓުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުވާނެ ގޮތަކަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
