ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން، މި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 33 އަހަރުގެ ދެ ފިރިހެނުންނެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން އެ ދެ މީހުން ކާށި ބަސްތާއެއް ހިފައިގެން ދަނިކޮށް ފުލުހުން އެ މީހުން ހުއްޓުވައި ސުވާލުކޮށްފައިވެ އެވެ. ފުލުހުން އެ ދެ މީހުން ހުއްޓުވީ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ކަމަށް އަމުރުގައި ބުނެފައިވެ އެވެ. ފުލުހުން ސުވާލު ކުރުމުން އެ ދެ މީހުން ބުނެފައިވަނީ އެއީ އެ މީހުން ސައިކަލު ޕާކު ކުރި ސަރަހައްދު ކައިރީގައި ބަހައްޓާފައި ހުރި ކާށި ބަސްތާއެއް ކަމަށެވެ.
ކާށި ބަސްތާއެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މާލޭ ފިރިހެނަކާއި ކުޅުދުއްފުށީ ފިރިހެނެކެވެ. އެ ދެ މީހުންގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ. އެ ދެ މީހުންގެ ތެރެއިން މާލެއަށް ނިސްބަތްވާ މީހާ މީގެ ކުރިން ނުވަ ފަހަރު ހައްޔަރުކޮށް ހަތަރު ފަހަރު ބަންދުކޮށްފައިވާ ކަމަށް އަމުރުގައިވެއެވެ. ކުޅުދުއްފުށީ މީހާ 15 ފަހަރު މީގެ ކުރިން ހައްޔަރުކޮށް ހަ ފަހަރު ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށް އަމުރުގައިވެއެވެ.






