
ކާނާ ވިހަވި ދަރިވަރުންތަކުގެ ތެރެއިން މިހާރު ފަރުވާ ދެނީ ދެ ދަރިވަރަކަށް: ފުލުހުން
ކާނާ ވިހަވި ދަރިވަރުންތަކުގެ ތެރެއިން މިހާރު ފަރުވާ ދެނީ ދެ ދަރިވަރަކަށް: ފުލުހުން
ލިޔުން:
އައްޑޫސިޓީ ޕޮލިސް އެކަޑަމީގައި ތަމްރީނު ހަދަމުންދިޔަ ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ކާނާ ވިހަވި ހާދިސާގައި މިހާރު ފަރުވާ ދެމުން އަންނަނީ ދެ ދަރިވަރަކަށް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ޕޮލިސް އެކަޑަމީގައި ތަމްރީނުތައް ހަދަމުންދިޔަ 32 ދަރިވަރެއް ކާނާ ވިހަވެގެން ރޭ އައްޑޫ އިކުއެޓޮރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފަސް ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެއް ކުއްޖެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.
ފުލުހުން މިއަދު ބުނީ އައިސީޔޫގައި މިވަގުތު ތިބީ ދެ ދަރިވަރުން ކަމަށާއި އެހެން ދަރިވަރުން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.
ދަރިވަރުންތަކެއް ބަލިވީ ކާނާ ވިހަވެގެން ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނާ ގޮތުގައި ފުލުހުންގެ ދަރިވަރުންތަކެއް ބަލިވުމުން ފަރުވާ ދެނީ އެލާޖީއަކާ ގުޅިގެންނެވެ. އެކަމަކު އެލާޖިކްވި ވަކި ސަބަބެއް ނުބުނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
