ކާން އަޅާތީ ކުރިން ނުފެންނަހާ ކައިރިން ފެމުނު އެބަ ފެނޭ، މިއީ ނުރައްކަލެއް: އީޕީއޭ

ކާން އަޅާތީ ކުރިން ނުފެންނަހާ ކައިރިން ފެމުނު އެބަ ފެނޭ، މިއީ ނުރައްކަލެއް: އީޕީއޭ
ލިޔުން:
ކަނޑުގެ ދިރުން ތަކަށް ކާން ދިނުމަކީ ބޮޑު ގޯހެއް ކަމަށާއި އެކަމުގެ ސަބަބުން ގުދުރަތީ ނިޒާމަށް ބަދަލު އައިސް، ކުރިން ނުފެންނަހާ ކައިރިން "ފެމުނު ފަދަ ނުރައްކާތެރި ބާވަތްތައް ފެންނަން ފަށާފައިވާ" ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
ރާއްޖެ ޓީވީގެ " ފަލަ ސުރުހީ" ޕްރޮފްރާމްގައި އީޕީއޭގެ ޑިރެކްޓަރް ޖެނެެރަލް އިބްރާހީމް ނައީމް ރޭ ވިދާޅުވީ އާއްމުކޮށް ކާން އަޅާ ވަރަށް ގިނަ ތަންތަނުން މިހާރު ފެމުނު (ޓައިގާ ޝާކް) އާއްމުކޮށް ފެންނަން ފަށާފައިވާ ކަމަށެވެ. ފެމުނަކީ އޭނާ ވިދާޅުވި ގޮތުގައި އިންސާނަކަށް ވަރަށް ނުރައްކާތެރި ހަމަލާއެއް ދީފާނެ ބާވަތެކެވެ.
"ވަރަށް ގިނަ ތަންތަނުން މިހާރު އެބަ [ފެނޭ ]. އާއްމުކޮށް ކާން އަޅާ ތަންތަނުން ހަމަ އެބަ ފެނޭ ފެމުނު،" ނައީމް ވިދާޅުވި އެވެ.
ފެމުނު ތިލަވަނީ ކާން އަޅާ ތަންތަނަށް ކަމަށް ވާއިރު ، އާއްމުކޮށް ކާން އަޅާ ތަނަކަށް ކާން ނާޅާ ދުވަހު، (އެތަނަށް އަންނަ) ފެމުނުގެ ކަންތައް ހުންނާނީ ކިހިނެތްތޯ، އެއީ ބަލައިލަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެން މިކަހަލަ ކަމެއް [ފެމުނު މީހަކަށް ހަމަލާ ދިނުން ކަހަލަ ކަމެއް] ހިނގާނެއެކޭ ނޫން މި ދަންނަވަނީ. އާއްމުކޮށް ކާން އަޅާ ތާކަށް ކާން ނާޅާ ދުވަހު އޭއްޗި ކަންކުރާނީ ކިހިނެތްތޯ އެއީ އަޅުގަނޑުމެން މިހާރު ބަލައިލަން ޖެހޭ ކަމަކީ،" ނައީމް ވިދާޅުވި އެވެ.
ނައީމް ވިދާޅުވީ މޫދުގެ ދިރުން ތަކަށް ކާންދޭ މީހުން ދެމުން ދަނީ އޭއްޗިއްސަށް ދީގެންވާނެ އެއްޗިއްސެއް ވެސް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ކަންތައް ކުރުމުން ދިރުންތަކުގެ އުޅުމަށް ބަދަލު އަންނާނެ ކަމަށާއި އެތަކެތީގެ ސިއްހަތަށް ވެސް އޭގެ ގެއްކުން ވާނެ އެވެ. ކާންދިނުމުގެ މައްސަލައާ މެދު އީޕީއޭއިން ކަންބޮޑުވަނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިރުން ތަކުގައި، ގުދުރަތީ ގޮތުން މިހުންނަ ޝިކާރަކުރުމުގެ ހުނަރު ވެސް އޭއްޗިއްސަށް ގެއްލި، އޭއްޗިހި ހުންނަންވާ ވަރަށް ވުރެ ފަލެވެ، އިންސާނުން މިހާރު މިތިބޭ ގޮތަށް ހުރިހާ މިޔަރުތައް ވެސް ތިބެނީ ފަލަވެފައި މިހާރު މި ކާންދޭ ތަންތަނުގައި،" ނައީމް ވިދާޅުވި އެވެ.
ކަނޑުގެ ދިރުންތައް ބަލަން އެއް ފަހަރާ އެތައް ބަޔަކު އެއްވާތީ އެކަމާ ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތަށް ކަންތައް ކުރާ ނަމަ އެ ބާވަތްތައް ނުފެންނަން ފެށުމަކީ ވެސް އޮތް ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
