"އެތެރެ ކުރުމުގެ ކުރިއަށް އެމްއެފްޑީއޭއަށް ސާމްޕަލް ޓެސްޓު ކުރުމަށް ފޮނުވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމަށް އެޅޭނެ އެންމެ މުހިއްމު ކަމަކީ އިމްޕޯޓު ކުރުމުގެ ކުރިން ސާމްޕަލް ނެގުމަށް ފަހު މި ކާބޯތަކެތި ޓެސްޓުކުރުން ކަމަށާއި، ކާބޯތަކެތީގެ ރައްކާތެރިކާމާއި ގުޅޭ ބިލް ފާސް ކުރުމުން މި މަސައްކަތްވެސް ފެށިގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު އެރުވި އެވެ. އޭރުން ޚަރަދު ކުރުމަށް ހޭދަވާ ވަގުތު ސަލާމަތް ވެ ކަސްޓަމްސް އިން ގިނަ ދުވަސް ވުމުން ކުރާ ޖޫރިމަނާ ކުރާ ފައިސާ ނުނަގާނެ ކަމަށާއި މިކަން ވެގެން ދާނީ އިމްޕޯޓު ކުރާ ފަރާތްތަކަށް ލިބިގެން ދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިތުރަށް ޚަލީލް ވިދާޅުވީ މި ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވާ ނުރައްކާތެރި ކެމިކަލްތަކަށް ޓެސްޓުކުރުމުގެ އިންތިޒާމުވެސް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ފަށަނީ
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ފަށަނީ
ލިޔުން:
ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމުގެ އިންތިޒާމް ހަމަޖައްސެމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެ އެވެ.
އެ ވުޒާރާގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމަކީ ސަރުކާރުގެ ވަރަށް ހާއްސަ ސަމާލުކަމެއް ދޭކަމެއް ކަމަށެވެ.
އެގޮތުން ރައްޔިތުންގެ ކާމޭޒު މަތީ ހުންނަނީ ރައްކާތެރި ކާބޯތަކެތިކަން ޔަގީންކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ, އެމްއެފްޑީއޭއިން އަންނަނީ މަސައްކަތްކުރަމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކާބޯތަކެތި ރައްކާތެރި ނޫން ގޮތައް އެތެރެކުރަމުން އަންނަ މީހުންނަށް ފިޔަވަޅު އެޅުމަށް މިވަގުތު އެމްއެފްޑީއޭއަކަށް އެހާ ބޮޑު ބާރެއް ނެތް ކަމަށެވެ.
އެހެންނަމަވެސް ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ބިލް ފާސްކުރުމުން އެމްއެފްޑީއޭއަށް މިފަދަ މީހުންނާއި މެދު ފިޔަވަޅު އެޅިގެންދާނެ އެ ބާރު ލިބިގެން ދާނެ ކަމަަށް މިނިސްޓަރު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
