
ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަ ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގުދަންކުރުމުގެ ކެޕޭސިޓީ އިތުރުކުރަން ރައީސުލް ޖުމްހޫރިއްޔާ ނިންމަވައިފި
ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަ ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގުދަންކުރުމުގެ ކެޕޭސިޓީ އިތުރުކުރަން ރައީސުލް ޖުމްހޫރިއްޔާ ނިންމަވައިފި
ލިޔުން:
ދިވެހިރާއްޖޭގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ޚާއްޞަ ސިޔާސަތުތައް ތަޢާރަފުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. އެމަނިކުފާނު މި ސިޔާސަތުތައް ތަޢާރަފުކުރުމަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
މިގޮތުން، ދިވެހިރާއްޖޭގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަ ކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ ސިޔާސަތުތަކުގައިވާ ޓައިމްލައިނާ އެއްގޮތަށް ކުރެއްވުމަށް ނިންމެވި ކަންކަމުގެ ތެރޭގައި، ޔުޓިލިޓީ ކުންފުނިތަކުން ތެލުގެ ހަކަތަ އުފައްދާ މިންވަރު ކުޑަކޮށް، އިޢާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކުރުރާސްތާ އަދި މެދުރާސްތާ ޕްލޭނެއް އެކުލަވާލުމަށް ނިންމެވުން ހިމެނެއެވެ.
އަދި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގުދަންކުރުމުގެ ކެޕޭސިޓީ އިތުރުކޮށް ޒަމާނީ ގުދަންތަކާއި ކޯލްޑް ސްޓޯރޭޖްތައް ޤާއިމުކުރާނެ ސަރަހައްދުތަކެއް، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ކަނޑައެޅުއްވުމަށްފަހު، އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށްވެސް ނިންމެވިއެވެ. ހަމައެއާއެކު އެތަންތަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފެންނަ މޮޑެލް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕްބްލިކް ލިމިޓެޑް (އެސް.ޓީ.އޯ) އިން އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ.
މީގެ އިތުރުންވެސް ރާއްޖޭގައި ޤާއިމުކޮށްފައިވާ ވިޔަފާރި ބަނދަރުތަކުން ނަގަމުންދާ ފީ މުރާޖާކޮށް، މިކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ފެންނަގޮތް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
