ކޭ-ޕާކު މައްސަލާގައި ހައްޔަރުކުރި މަންޑޭގެ ބަންދަށް 15 ދުވަސް ޖަހައިފި

ކޭ-ޕާކު މައްސަލާގައި ހައްޔަރުކުރި މަންޑޭގެ ބަންދަށް 15 ދުވަސް ޖަހައިފި
ލިޔުން:
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ކޭ ޕާކް ރެޒިޑެންސް ފްލެޓްތައް އޮޅުވާލައިގެން ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަސަން މަމްދޫހު (މަންޑޭ) ގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން އިއްޔެ އޭނާ ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރެއް ކޮށްފައި ވަނިކޮށް، ފިލަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.
ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ޕާސްޕޯޓް ދޫކޮށްލީ ޒަރޫރީ ބޭނުމެއްގައި ދަތުރު ކުރުމަށް ކަމަށާއި އަދި 45 ދުވަސް ތެރޭގައި ދަތުރު ނިންމުމަށްފަހު ކޯޓަށް އަންގަން މަންޑޭއަށް ޝަރުތުކޮށްފައިވާ ކަމަށެވެ.
އަދި ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމާ އެކު ރާއްޖެއިން ފުރައިގެން ދިއުމަށް މަސައްކަތް ކުރި ނަމަވެސް އޭނާއަށް ފުރޭ ގޮތް ނުވި ވަކި ސަބަބެއް އެނގިފައެއް ނުވެއެވެ.
މަންޑޭ އަކީ ކޭ ޕާކު ފްލެޓުތައް ހަދަމުން އަންނަ ހަންބޯ ކުންފުނީގެ އޭރުގެ މައިނޯރިޓީ ހިއްސާދާރެވެ. ޕާކްގެ މައްސަލާގައި ތުހުމަތުކުރެވޭ މަންޑޭގެ އިތުރުން ދެމީހެއްގެ ޕާސް ޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ. އެގޮތުން ހަންބޯ އިން ވަނީ މަންޑޭގެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅާފައެވެ.
އެ ކުންފުނިން ވަނީ އެ ކުންފުނިން ހޯދަން ބޭނުންވާ ލިޔެކިޔުންތަކާއި މައުލޫމާތު ހޯދުމަށް މަންޑޭ އެއްބާރުލުން ނުދޭ ކަމަށް ވެސް ކުރިން ބުނެފައެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ. މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިން އަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ. މި ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
