މާލެ: 31°C

ކޭޕާކް މައްސަލާގައި އާބަންކޯގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި

ކޭޕާކް މައްސަލާގައި އާބަންކޯގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި
May 11, 2023
2 ފަހަރު ބަލާފައި
ކޭޕާކް މައްސަލާގައި އާބަންކޯގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ކޭ ޕާކް ރެޒިޑެންސް ފްލެޓްތައް ވިއްކުމުގައި ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން އާބަންކޯގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ. މި މައްސަލާގައި އާބަންކޯ އިން ސްސްޕެންޑް ކޮށްފައިވަނީ، އެ ކުންފުނީގެ މުވައްޒަފު އަބްދުﷲ ނާފިއު މުހަންމަދު އެވެ. އާބަންކޯ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ނާފިއު ސްސްޕެންޑް ކޮށްފައިވަނީ، 14 ދުވަހުގެ މުއްދަތަށް ކަަމަށާއި، އެއީ އެ ކުންފުނީގެ ޕްރޮގްރެސިވް ޑިސިޕްލްނަރީ އެކްޝަން ޕޮލިސީގެ ދަށުން, ކޭޕާކް މައްސަލައިގެ ތަހުގގު ކުރިއަށްދާ މުއްދަތުގައި, ކުރެވިފައިވާ ތުހުމަތުތަކަށް ރިޢާޔަތްކޮށް ކަމަށެވެ. އާބަންކޯ އިން ބުނީ، ފުލުހުންނާއި އެ ކުންފުނީގެ އިންޓަރނަލް އޮޑިޓުން އެ މައްސަލަ ތަހުގީގުކޮށް ނިމުމުން, ނާފިއު އަށް އިތުރަށް ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އެ ފިޔަވަޅު އަޅާނެ ކަމަށެވެ. ކޭޕާކްގެ މައްސަލާގައި ތުހުމަތުކުރެވޭ މަންޑޭގެ އިތުރުން ދެމީހެއްގެ ޕާސް ޕޯޓްވަނީ ހިފަހައްޓާފައެވެ. "މިނިވަން" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހުޅުމާލޭގައި ހަންބޯ ކޮމްޕެނީއިން ހަދަމުން އަންނަ ކޭޕާކް ރެސިޑެންސް ފްލެޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހަސަން މަމްދޫހު (މަންޑޭ)ގެ އިތުރުން ދެ މީހެއްގެ ޕާސްޕޯޓް މިހާރު ހިފަހައްޓާފައިވާކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މަންޑޭގެ އިތުރުން ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޭނާ އާއި ގާތް ގުޅުމެއް އޮންނަ ޖައިޝާން ސައީދު އާއި ދެކުނު ކޮރެއާގެ ސޫން ސޫ ކިމްއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ