މި މައްސަލަ ފުލުހަށް ހުށަހެޅީ އެ މަސައްކަތް ކުރާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އޭޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުންނެވެ.
ހަންބޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ބަޔަކަށް ވިއްކާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަން ކޮށްފައިވަނީ މަންޑޭ ކަމަށް އެ ކުންފުނިން ވަނީ ތުހުމަތުކޮށްފައިކަމަށެވެ.ކޭ-ޕާކުން ފެލެޓް ގަނެފައިވާ ފަރާތްތަކުން ޝަކުވާއެއް އޮތްނަމަ ހުށަހަޅަން ފުލުހުން އެދިއްޖެ

ކޭ-ޕާކުން ފެލެޓް ގަނެފައިވާ ފަރާތްތަކުން ޝަކުވާއެއް އޮތްނަމަ ހުށަހަޅަން ފުލުހުން އެދިއްޖެ
ލިޔުން:
ހުޅުމާލޭގައި ހަދަމުން އަންނަ ކޭ-ޕާކް ރެސިޑެންސްގެ ފެލެޓް ގަނެފައިވާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަން ވީ އެންމެ އަވަހަކަށް ހުށަހަޅުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ހަންބޯ ޕްރައިވެޓް ލިމިޓެޑާއި އާބަންކޯ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ ކޭ-ޕާކްގެ އެޕާޓްމަންޓުތައް ހަންބޯ ކޮމްޕެނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި އެ ފައިސާ އަށް ހިޔާނާތްތެރިވި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެހެން ކަމުން ކޭ-ޕާކް ރެޒިޑެންސް އިން އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް އޮތް ނަމަ ވީ އެންމެ އަވަހަކަށް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް އަންގަން އެދޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ކޭ ޕާކް ނަމުގައި މަކަރާއި ހިލާތުން އެޕާޓުމެންޓް ވިއްކި މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ ޕާސްޕޯޓް ހިފަހައްޓައިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
