- ރަށް، ބިން ނުވަތަ ފަޅު ހަވާލުކުރާ ފަރާތުން މަޝްރޫއަށް ހަރަދުކުރަން ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން އެއް މިލިޔަން ޑޮލަރު ދެއްކުން
- ހަރަދުކުރަން ކަނޑައަޅާ ޖުމްލަ ފައިސާ ދައްކައި ހަލާސްނުކޮށްފި ނަމަ ކުލީގެ އެއްބަސްވުން ބާތިލުވާ ގޮތަށް އެއްބަސްވުމުގައި މާއްދާއެއް ހިމެނުން
- އެފަދަ ގޮތެއް މެދުވެރިވެގެން އެއްބަސްވުން ބާތިލުކުރާ ނަމަ ދައުލަތުން ބަދަލުދޭން ނުޖެހޭނެ ކަމަށް އެއްބަސްވުމުގައި ހިމެނުން
- އެއްބަސްވުން ބާތިިލުކުރާ އިރު ދައްކާފައިވާ އެއްވެސް ފައިސާއެއް އަނބުރާ ދޭން ނުޖެހޭ ގޮތަށް އެއްބަސްވުމުގައި ހިމެނުން
ޖުމްލަ ފައިސާ ދެއްކުމުގެ ކުރިން ރަށް ހަވާލުކުރާ ގޮތަށް ކްރޮސްސަބްސިޑީ ގަވައިދު ބަދަލުކޮށްފި

ޖުމްލަ ފައިސާ ދެއްކުމުގެ ކުރިން ރަށް ހަވާލުކުރާ ގޮތަށް ކްރޮސްސަބްސިޑީ ގަވައިދު ބަދަލުކޮށްފި
ލިޔުން:
އަމިއްލަ ފަރާތްތަކުގެ ހަރަދުގައި ދައުލަތުގެ މަޝްރޫއުތައް ހިންގުމުގެ ބަދަލެއްގެ ގޮތުގައި ރިސޯޓް ހިންގާނެ ފަޅުރަށެއް ނުވަތަ ބިމެއް ދޫކުރުމުގެ ކުރިން، އެ މަޝްރޫއަކަށް ބޭނުންވާ ޖުމްލަ ފައިސާ ދައުލަތަށް ދައްކަން ލާޒިމުކުރާ ގޮތަށް އެކަމާ ބެހޭ ގަވައިދުގައި އޮތް މާއްދާއަށް އިސްތިސްނާއެއް އިތުރުކޮށް ސަރުކާރުން އެ ގަވައިދު ބަދަލުކޮށްފި އެވެ.
ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރުމާ ބެހޭ ގަވައިދުގެ (6) ވަނަ މާއްދާގެ (ނ) ގައި ވާ ގޮތުން ، މަޝްރޫއަކާ ގުޅުވައި އަމިއްލަ ފަރާތަކަށް ދޫކުރާ ރަށެއް، ބިމެއް ނުވަތަ ފަޅެއް ހަވާލުކުރުމުގެ އެއްބަސްވުމުގައި ދައުލަތުން އެ ފަރާތަކާ އެކު ސޮއިކުރާނީ މަޝްރޫއަށް ބޭނުންވާ ޖުމްލަ ފަައިސާ ދައްކައި ނިމުމުންނެވެ. އެ މާއްދާގެ (ނ)ގެ (1) ގައިވާ ގޮތުން އެ ފައިސާ ދައްކަން ދޭނީ 60 ދުވަހުގެ މުހުލަތެކެވެ. އެހެން ނަމަވެސް އެ މުހުލަތު ހަމަވުމުގެ ކުރިން މުހުލަތު އިތުރުކޮށްދޭން އެދިއްޖެ ނަމަ ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އެކު އެ މުހުލަތު އިތުރުކޮށްދިނުމުގެ އިޚުތިޔާރު އެ މާއްދާގެ (ނ)ގެ (2) ވަނަ ނަމްބަރުން ރައީސުލް ޖުމްހޫރިއްޔާއަށް ދީފައި އޮވެ އެވެ.
އެ ގަވައިދަށް ބަދަލު ގެނެސް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި އިސްލާހުގައި އޮތީ ގަވައިދުގެ (6) ވަނަ މާއްދާ އަށް އަކުރެއް އިތުރުކޮށްފަ އެވެ. އެ ގޮތުން އިތުރުކުރި އެ މާއްދާގެ (ބ) އޮތީ މަޝްރޫއުގެ ޖުމްލަ ފައިސާ ދައުލަތަށް ދެއްކުމުގެ ކުރިން ވެސް ރަށް، ބިން ނުވަތަ ފަޅު ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަކި ޝަރުތުތަކަކާ އެކު ސޮއިކުރެވޭނެ ކަމަށެވެ. އެގޮތަށް ސޮއިކުރަން އެ އަކުރުގައި ހިމަނާފައި އޮތީ ހަތަރު ޝަރުތެކެވެ.
ޖުމްލަ ފައިސާ ދެއްކުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރުމުގެ ޝަތުރުތައް
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
