
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިނަށް 2 މެނޭޖަރުން، އުތުރަށް އަމީން، ދެކުނަށް އިލްހާމް
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިނަށް 2 މެނޭޖަރުން، އުތުރަށް އަމީން، ދެކުނަށް އިލްހާމް
ލިޔުން:
ރިޔާސީ އިންތިހާބު 2023 ގެ ޖުމްހޫރީ ޕާޓިގެ ކެމްޕޭން ހިންގުމުގެ ކަންކަން ދެ ބަޔަކަށް ބަހައި، ދެ ކެމްޕޭން މެނޭޖަރުންނަށް، އަމީން އާއި އިލްހާމް ހަމަޖައްސައިފިއެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ނިންމަވާފައިވަނީ، ރިސާސީ އިންތިހާބުގެ ކެމްޕެއިންގެ ކަންކަން ރާއްޖެ ދެބައަކަށް ބަހާ، ދެ މެނޭޖަރުން އައްޔަން ކުރައްވައިގެން ކުރިއަށްގެން ދިއުމަށެވެ.
އެ ގޮތުން އުތުރުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސެވީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމެއެެވެ.
ދެކުނުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސެވީ، އެ ޕާޓީގެ ސްޕެޝަލް އެންވޯއީ، އިލްހާމް އަހްމަދެވެ.
އަމީން އާ ހަވާލު ކުރެއްވި އަތޮޅުތަކަކީ، ހއ، ހދ، ށ، ނ، ރ، ބ، ޅ، ކ، އއ، އދ އަދި ގްރޭޓާ މާލެ ދެބައިކޮށް އެއްބައެވެ.
އިލްހާމް އާ ހަވާލުކުރެއްވީ ވ، މ، ފ، ދ، ތ، ލ، ގއ، ގދ، ޏ، ސ، އަދި ގްރޭޓާމާލޭގެ އެއްބައެވެ.
އަދި ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމާއި ކެމްޕެއިން ލޯންޗް ކުރުމުގެ އިވެންޓާ ގުޅޭ ހުރިހާ ކަމެއް ޕާޓީގެ ސެކްރެޓޭރިއޭޓާ ގުޅިގެން، އެ ދެމެނޭޖަރުން ކުރައްވާނެ ކަމުގައި ވެސް ގާސިމް ވިދާޅުވިއެވެ.
އަދި އެދެބޭފުޅުންނަށް ބޭނުންވާ އެންމެހާ އެއްބާރުލުމަކާ އެހީތެރިކަމެއް ދިނުމަށް ޕާޓީގެ ކައުންސިލަށާ މެންބަރުންނަށް ގާސިމް އެންގެވިއެވެ.
" .. ޕާޓީ ކައުންސިލް ގެ ހުރިހާ މެމްބަރުންނާ، ޕާޓީ ގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުންނާ އަދި ޕާޓީ ގެ ކޮމިޓީ ތަކުގެ ހުރިހާ ބޭފުޅުންގެ އަރިހުން، އެ ބޭފުޅަކު ނިސްބައިވާ އަތޮޅެއް ހިމޭނޭ ޓީމް އަކާ ގުޅިގެން ވީހާ ވެސް ބާރު ސްޕީޑް އެއްގައި އެއް ރޫހެއް ގައި އެންމެން ގުޅިގެން މަސައްކަތް ކޮށްދެއްވުން އެދެން .." ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ވަނީ އިއުލާން ކުރައްވާފައެެވެ. ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
