މާލެ: 31°C

ޑޮލަރު މައްސަލާގައި ޖުލައި 26 ގައި ޓީއެމްއޭގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން ނިންމައިފި

July 19, 2025
6286 ފަހަރު ބަލާފައި
ޑޮލަރު މައްސަލާގައި ޖުލައި 26 ގައި ޓީއެމްއޭގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން ނިންމައިފި
ޑޮލަރު މައްސަލާގައި ޖުލައި 26 ގައި ޓީއެމްއޭގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން ނިންމައިފި

ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން މުސާރަ ދިނުމަށް ނިންމުމާ ގުޅިގެން  ޖުލައި 26 ގައި ޓީއެމްއޭގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރ ކަމަށްވާ ޓީއެމްއޭގެ ގިނަ އަދެއްގެ މުވައްޒަފުން ބައިވެރިވި ބައްދަލުވުމެއްގައި ރޭ  މުވައްޒަފުން ވަނީ އެމްއެމްއޭގެ ޕްރެޝަރަށް ޓީއެމްއޭއިން މިހާތަނަށް މުވައްޒަފުންނަށް މުސާރަ ދިނުމުގައި އަމަލުކުރަމުން އައި ގޮތް ބަދަލުކޮށްފައިވާތީ އެކަމުގެ ހިތްހަމަ ނުޖެހުން ވަރަށް ބޮޑަށް ފާޅުކޮށްފައެވެ.

އެގޮތުން ސަރުކާރުގެ ޕްރެޝަރަށް މުވައްޒަފުންނަށް އިހާނެތިކޮށް ހިތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމާ ދެކޮޅަށް އިހުތިޖާޖުކުރުމަށް ޓީއެމްއޭގެ މުވައްޒަފުން ޖުލައި 26 ގައި އޮފަރޭޝަންގައި ބައިވެރި ނުވާން ވަނީ ނިންމާފައެވެ.

ޓީއެމްއޭގެ އޮޕަރޭޝަން ހުއްޓުމަކީ ފަތުރުވެރިކަމަށް އެކަމުގެ ވަރަށްބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެކެވެ. ހާއްސަކޮށް މަތީފަންތީގެ ރިސޯޓްތަކުން ޓޫރިސްޓުން އުފުލުމަށްބޭނުންކުރަނީ ސީޕްލޭން ކަމަށްވާއިރު މުވައްޒަފުންގެ ޑިމާންޑަށް އިޖާބަ ނުދީފިނަމަ ޓޫރިޒަމަށް ވަރަށްބޮޑު ނޭދެވޭ އަސަރު ކުރާނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ