
"ޖޫސް ޓައިމް" ކެފޭއަށް ގެއްލުން ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހަކު ހައްޔަރުކޮށްފި
"ޖޫސް ޓައިމް" ކެފޭއަށް ގެއްލުން ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހަކު ހައްޔަރުކޮށްފި
ލިޔުން:
މިދިޔަ ފެބްރުއަރީމަހުގެ 17 ވަނަ ދުވަހު ހުޅުމާލޭ ޖޫސްޓައިމް ކެފޭ އަށް ބަޔަކު ވަދެ ގެއްލުން ދިން މައްސަލާގައި އަމަލީ ގޮތުން ބައިވެރިވި މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ޖޫސްޓައިމް ކެފޭއަށް އަމަލީގޮތުން ގެއްލުންދިން މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓުއަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައެވެ.
ހުޅުމާލޭގައި ހުންނަ ޖޫސްޓައިމްސް ކެފޭއަށް ގެއްލުން ދިނީ މޫނު ނިވާކޮށްގެން ތިބި 2 މީހުންނެވެ.
އެ މައްސަލާގައި މީގެ ކުރިން ފުލުހުން ވަނީ 7 މީހަކު ހައްޔަރު ކޮށްފައެވެ. އެ މައްސަލާގައި ހައްޔަރުކުރި އެންމެންނަކީ ވެސް ދިވެހިން ކަމަށާއި އޭގެ ތެރޭގައި އަންހެނަކު ހިމެނޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ހެލްމެޓް އަޅައި، މޫނު ނިވާކޮށްގެން ތިބި ދެ ފިރިހެނުން ހުޅުމާލޭގައި ހުންނަ "ޖޫސް ޓައިމް"އަށް ވަދެ ތަނަށް ގެއްލުންދޭ މަންޒަރެވެ.
އެއިރު އެތަނުގައި މީހުން ވެސް ތިއްބެވެ. އެމީހުން ވަދެ މޭޒު މަތީގައި ބަހައްޓާފައި ހުރި އެއްޗެހިތަކެއް ބިން މައްޗަށް އުކާލައި މަރުތޭލުން އެކި ތަންތަނުގައި ތަޅާ ގެއްލުންދެއެވެ. ވީޑިއޯއިން ފެންނަގޮތުގައި އެތަނުން އެކަކު އެ ކައުންޓަރުގެ ވަތްގަނޑުން އެއްޗެހިތަކެއް ނަގައިގެން ޖީބަށްލާ މަންޒަރުވެސް ފެނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
