
ޖޫސްޓައިމް ކެފޭއަށް ގެއްލުން ދިން މައްސަލާގައި ހަތް މީހަކު ހައްޔަރުކޮށްފި
ޖޫސްޓައިމް ކެފޭއަށް ގެއްލުން ދިން މައްސަލާގައި ހަތް މީހަކު ހައްޔަރުކޮށްފި
ލިޔުން:
މިދިޔަ ފެބްރުއަރީމަހުގެ 17 ވަނަ ދުވަހު ހުޅުމާލޭ ޖޫސްޓައިމް ކެފޭ އަށް ބަޔަކު ވަދެ ގެއްލުން ދިން މައްސަލާގައި ހުޅުމާލޭން ހަތް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި އިއްޔެ ހަތް މީހަކު ހައްޔަރުކުރީ ކޯޓްއަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ. އެ އެޕާޓްމަންޓް ބަލައި ފާސްކުރި އިރު މާރާމާރީ ހިންގަން ބޭނުންކުރާ ތަކެއްޗާއި މަސްތުވާތަކެތި ފެނުނު ކަމަށް ވެސް ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކުރި އެންމެންނަކީ ވެސް ދިވެހިން ކަމަށާއި އޭގެ ތެރޭގައި އަންހެނަކު ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
[embed]https://minivan.mv/82077/[/embed]
ހުޅުމާލޭގައި ހުންނަ ޖޫސްޓައިމްސް ކެފޭއަށް ގެއްލުން ދިނީ މޫނު ނިވާކޮށްގެން ތިބި ބައެކެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯއަކުން ފެންނަނީ ހެލްމެޓް އަޅައި، މޫނު ނިވާކޮށްގެން ތިބި ދެ ފިރިހެނުން ހުޅުމާލޭގައި ހުންނަ " ޖޫސް ޓައިމް" އަށް ވަދެ ތަނަށް ގެއްލުންދޭ މަންޒަރެވެ.
އެއިރު އެތަނުގައި މީހުން ވެސް ތިއްބެވެ. އެމީހުން ވަދެ މޭޒު މަތީގައި ބަހައްޓާފައި ހުރި އެއްޗެހިތަކެއް ބިން މައްޗަށް އުކާލައި މަރުތޭލުން އެކި ތަންތަނުގައި ތަޅާ ގެއްލުންދެއެވެ. ވީޑިއޯއިން ފެންނަގޮތުގައު އެ ތަނުން އެކަކު އެކައުންޓަރުގެ ވަތްގަނޑުން އެއްޗެހިތަކެއް ނަގައިގެން ޖީބަށް ވެސް ލައެެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
