ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދަށު ކޯޓުގެ ފަނޑިޔާރެއް އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބު ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު، ލަންސިމޫގެ، ގދ. ފިޔޯރީ ކާމިޔާބުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މއންބަރުކަމަށް ސިވިލްކޯޓުގެ ގާޟީ ފަރުހާދު ރަޝީދު އައްޔަނުކޮށްފި
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މއންބަރުކަމަށް ސިވިލްކޯޓުގެ ގާޟީ ފަރުހާދު ރަޝީދު އައްޔަނުކޮށްފި
ލިޔުން:
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ސިވިލްކޯޓުގެ ގާޟީ ގދ. ފިޔޯރީ ލަންސިމޫގެ، އަލްއުސްތާޒް ފަރުހާދު ރަޝީދު ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފިއެވެ.
ދަށު ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން ތަމްސީލު ކުރެއްވުމަށް މެންބަރަކު ހޮވުމަށް އޯގަސްޓް 10 ވަނަ ދުވަހު ގާޟީންނާ މެޖިސްޓްރޭޓުންނާއި ފަނޑިޔާރުންގެ މެދުގައި ނެގި ވޯޓުން އެމަގާމަށް ކުރިމަތީ 3 ފަރާތުގެ ތެރެއިން ފަރުހާދު އެ އިންތިހާބު ކާމިޔާބުކުރީ 91 ވޯޓު ހޯދައިގެންނެވެ. 2 ވަނައަށް ދިޔައީ ކުރިމިނަލް ކޯޓުގެ ގާޒީ އިނބްރާހިމް އިހްސާން އެވެ. އިހްސާނަށް ލިބިފައިވަނީ 71 ވޯޓެވެ. އަދި 3 ވަނައަށް ގޮސްފައިވަނީ ފެމެލީކޯޓުގެ ގާޒީ އަބްދުﷲ މުޙައްމަދެވެ. އަބްދުﷲ މުޙައްމަދަށް ލިބިފައިވަނީ 1 ވޯޓެވެ.
މިއަދު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކއި ބޭއްވި ރަސްމީޔާތުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަލްއުސްތާޛު ފަރުހާދު ރަޝީދު، ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއެވެ.
މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، އަލްއުސްތާޛު ފަރުހާދު ރަޝީދުއާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
އަލްއުސްތާޛު ފަރުހާދު ރަޝީދު 2013 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ މަދަނީ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
