ޖޭޕީ ވެރިކަމަށް ގެންނަން އުޅުއްވާ ކަމުގެ ތުހުމަތު ނަޝީދު ދޮގެއް ނުކުރެއްވި!

ޖޭޕީ ވެރިކަމަށް ގެންނަން އުޅުއްވާ ކަމުގެ ތުހުމަތު ނަޝީދު ދޮގެއް ނުކުރެއްވި!
ލިޔުން:
ޖުމްހޫރީ ޕާޓީ (ޖޭޕީ) ވެރިކަަމަށް ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްކުރައްވާ ކަމަށް މަޖިލީހުގެ މެމްބަރަކު ތުހުމަތު ކުރެއްވުމުން ނަޝީދު އެ ވާހަކަ ދޮގުނުކުރައްވައި، އެތުހުމަތަށް ބާރުލިބޭ ގޮތަށް ވާހަކަފުޅު ދައްކަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަައި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ތުހުމަތުކުރެއްވި ގޮތުގައި ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރެގެން އެ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަކީ ރަނގަޅު ގޮތް ކަމަށް އެމްޑީޕީގެ މެމްބަރުންނަށް ވިސްނައިދެއްވަން ނަޝީދު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައިިގެން ނަޝީދު އެގޮތަށް މަަސައްކަތް ކުރެއްވުމަކީ ގޯހެއް ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ ރައީސް، އެމްޑީޕީގެ މެމްބަރުންނަށް އެންމެ ރަނގަޅުވާނީ، އެމްޑީޕީގެ ކެންޑިޑޭޓާ އެކީގައި އެމްޑީޕީއަށް ވެރިކަން ހޯދުމަށް ވުރެ ގޮސް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ނެރެގެން، ޖުމްހޫރީ ޕާޓީގެ ރައީސަކަށް ވެރިކަން ހޯދައިދިނީމާ ކަމަށް އެމްޑީޕީގެ މެމްބަރުންނަށް ވިސްނައިދިނުން އެއީ އާއްމު، އޯކޭ، ރަނގަޅުކަމެއްގެ ގޮތުގައި ދިވެހި ރައްޔިތުން ބަލައިގަންނަ ގޮތަށް ކެމްޕޭން ކުރުމަކީ މި މަޖިލީހުގައި ތިޔަ ހިނގައިދިޔަ ކަމަށް ވުރެ ގޯސްކަމެއް،" ހުސައިން ވިދާޅުވި އެވެ.
އެ މޭރުމުން މެމްބަރު ވާހަކަ ދައްކަވައި ނިންމެވުމުން، އެ ތުހުމަތު ދޮގު ކުރެއްވުމުގެ ބަދަލުގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މިހާރު އޮތީ ސަރުކާރުގެ 40 ޕަސެންޓް ކަމަށާއި އެއަށް ވުރެ އިތުރަށް ލިބޭ ގޮތް ވަންޏާ އެއީ ރަނގަޅު ގޮތެއް ކަމަށް ލަފާކުރެވިދާނެ ކަމަށެވެ.
" ޔަގީން އަޅުގަނޑު ފާހަގަކޮށްދޭކަށް ނުޖެހޭނެ، މިވަގުތު އެމްޑީޕީއަށް ލިބިފައި އޮތީ ސާޅީސް ޕަސެންޓް، ސަރުކާރުގެ، އެއަށް ވުރެން އިތުރު މިންވަރެއް އެމްޑީޕީއަށް ލިބޭ ގޮތް ވަންޏާ އެއީ ރަނގަޅު ގޮތެއް ކަމަށް ލަފާކުރެވިދާނެ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު ޖޭޕީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ޖަލްސާގައި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަދައްކަވައިފަ އެވެ. އެމްޑީޕީގެ ދެ ލީޑަރުންގެ ދެމެދުގައި މިހާރު އުފެދިފައިވާ މައްސަލަ ހައްލު ނުވެ އޮއްވާ، ޕާޓީއެއްގެ ގޮތުގައި އެމްޑީޕީއާ މުއާމަލާތް ކުރަން އެދިވަޑައި ނުގަންނަވާ ކަމަށް ވެސް ގާސިމް ނުސީދާ ގޮތެއްގައި ވިދާޅުވި އެވެ.
"ދެން މިއަދު އަޅުގަނޑުމެން ފަޚުރުވެރިކަމާ އެކު މިބުނާ އެމްޑީޕީ. އެމްޑީޕީ މަނިކުފާނާ ނުލައި އެއީ އޮންނާނެ އެއްޗެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މިއީ އަޅުގަނޑުގެ ވިސްނުން،" ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމާ މެދު އެޕާޓީން އަދި ގޮތެއް ނުނިންމަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
