ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ގޮވާލާ ގަރާރެއް!

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ގޮވާލާ ގަރާރެއް!
ލިޔުން:
އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރުމާ ގޮވާލާ ގަރާރެއް އެ ޕާޓީގެ ކޮންފަރެންސަށް ހުށައަޅައިފިއެވެ.
ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ވިލަރެސް ކޮމެޓީގެ ޗެއާ އިލްހާމް އަހުމަދު ވިދާޅުވީ މާދަމާ ފަށާ އެޕާޓީގެ ޤައުމީ ކޮންފަރެސްއަށް މި ޤަރާރު މިހާރު އެޖެންޑާ ކޮށްފައިވާ ކަމަށެވެ. މި ޤަރާރު އެޖެންޑާ ކޮށްފައިވަނީ ހޮނިހިރު ދުވަހު މެންދުރު ފަހަށް ކަމަށާއި މި ޤަރާރުގެ ބަހުސް ވަރަށް ފޯރިގަދަވާނެކަމަށް އިލްހާމް ވިދާޅުވިއެވެ. މި ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދު އަހުމަދެވެ. އޭނާ ވަނީ އެޕާޓީގެ ނައިބް ލީޑަރު ކަމަށް ކުރިމަތި ލާފައެވެ.
އިލްހާމް ވިދާޅުވީ، ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ފޮނުއްވާފައިވާ ސިޓީފުޅާ ގުޅޭ ގޮތުން އެއްވެސް ކަމެއް ޤައުމީ ކޮންފަރެންސަށް އެޖެންޑާ ކޮށްފައިނުވާ ކަމަށެވެ. އެ ގަރާރުގައި ވަނީ ޖުމްހޫރީ ޕާޓީ ރިޔާސީ އިންތިހާބުގައި ވާދަކުރުން ނުވަތަ ޖުމްހޫރީ ޕާޓީ އިސްވެ އޮވެ ކޯލިޝަނެއްގެ ތެރެއިން ވާދަކުރުން ކަމަށްވެސް އިލްހާމް ވިދާޅުވިއެވެެ.
ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންފަރެންސްގައި އެޕާޓީގެ އަސާސީ ޤަވާއިދު އިސްލާހު ކުރާނެއެވެ. އަލަށް ފާސްކުރަން ހުށައަަޅާފައިވާ އަސާސީ ޤަވާއިދުގައިވާ ގޮތުން ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ ރިޔާސީ ކެންޑިޑޭޓަކީ އެޕާޓީގެ ލީޑަރު ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ވާހަދަކުރުމަށް ހުޅުވާލި ފުރުޞަތުގައި އެމަޤާމަށް ކުރިމަތިލައްވާފައިވަނީ މިހާރުވެސް އެމަޤާމްގައި ހުންނެވި ޤާސިމް އިބްރާހިމެވެ. ޤާސިމް އެމަޤާމަށް ހޮވޭނީ ޤައުމީ ކޮންފަރެންސްގައި ނަގާ ފެންނަ ނުފެންނަ ވޯޓަކަށް ފަހުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
