
ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި ވަޒީރުން ވަކިނުކުރާނެ ކަމުގެ އިޝާރާތެއް
ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި ވަޒީރުން ވަކިނުކުރާނެ ކަމުގެ އިޝާރާތެއް
ލިޔުން:
ސަރުކާރު ހިންގާ ކޯލިޝަނުގެ ބައިވެރިއެއްގެ ގޮތުން ސަރުކާރުން ޖުމްހޫރީ ޕާޓީއަށް ދީފައިވާ މަގާމުތަކުގައި ތިއްބެވި ވަޒީޒުންނާއި އެހެން ބައެއް ބޭފުޅުން، އެ މަގާމުތަކުން ވަކި ނުކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުން މިއަދު ކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ "ސަރުކާރާ އެކު މަސައްކަތް ކުރައްވަން އިޚުލާސްތެރިކަމާ އެކު ތިއްބެވި" ބޭފުޅުންނަށް އެ ފުރުސަތު އޮންނާނެ ކަމަށާއި އެ ބޭފުޅުން މިހާރު ވެސް އެ ގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ. މިއުވާން މިހެން ވިދާޅުވީ "ޖޭޕީ ސްލޮޓްތަކުގައި ތިބި ފަރާތްތައް ދައުރު ނިމެންދެން އެ މަގާމުތަކުގައި ތިބޭނެތޯ، ނުވަތަ ވަކިކުރާނެތޯ" ކުރި ސުވާލަކަށް ޖަވާބޔު ދެއްވަމުންނެވެ.
"ކޯލިޝަން ދަމަހައްޓަވަން ރައީސް ވެވަޑައިގެންނެވި ވައުދު އެ ގެންދަވަނީ ހަމަ ފުއްދަވަމުން، ސަރުކާރުގައި މަސައްކަތް ކުރައްވަން، ސަރުކާރާ އެކު މަސައްކަތް ކުރައްވަން އިޚުލާސްތެރިކަމާ އެކު ތިއްބެވި ބޭފުޅުންނަށް އެ ފުރުސަތު އޮންނާނެ، އެ ބޭފުޅުން މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ. ސަރުކާރު ހިންގުމަށް ހުރަސް އަޅައި، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރަށް ހުރަސް އަޅާ ނަމަ މަގާމުތަކުގައި ނުތިބެވޭނެ،" މިއުވާން ވިދާޅުވި އެވެ.
މިއުވާން މިމޭރުމުން ވާހަކަ ދެއްކެވި އިރު ޖޭޕީގެ މެމްބަރުންގެ ތެރެއިން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މިހާރު ވަނީ އެޕާޓީން ވަކިވެވަޑައިގެންފަ އެވެ. އެ ޕާޓީން ވަކި ނުވެ މިނިސްޓަރުކަމުގައި މިހާރު ތިއްބެވީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. " އެބޭފުޅުން މިހާރު ވެސް މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ" ކަމަށް މިއުވާން ވިދާޅުވި ބޭފުޅުންނަކީ ބެލެވޭ ގޮތުގައި ނަހުލާއާއި ޑރ.ހުސައިން އެވެ.
ޖޭޮޕީގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރާނެތޯ ކުރި ސުވާލަށް މި މޭރުމުން ޖަވާބު ދެއްވި ނަމަވެސް ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ އެޕާޓީގެ މަގާމުތަކާ މެދު މަޝްވަރާކޮށް ގޮތެއް ނިންމަން ޖެހޭނެ ކަަމަށް ސަރުކާރުން ކުރިއްސުރެ ބުނަމުން އަންނަ ވާހަކަ މިއަދު ވެސް ތަކުރާރުކުރެއްވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
