
ޖޭޕީގެ ރިޔާސީ ޓީކެޓަށް ވާދަކުރަން ހުޅުވާލައިފި
ޖޭޕީގެ ރިޔާސީ ޓީކެޓަށް ވާދަކުރަން ހުޅުވާލައިފި
ލިޔުން:
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް އެޕާޓީގެ މެންބަރުންނަށް ފުރުސަތު ހުޅުވައިލައިފި އެވެ.
އެޕާޓީއިން މިއަދު ކުރި އިއުލާބުގައި ވަނީ އެޕާޓީގެ ކައުންސިލްގެ 151 ވަނަ ބައްދަލްވުމުން ނިންމާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަކުރުމަށް ކަމަށް ވާތީ އެޕާޓީގެ އަސާސީ ގަވައިދުގެ 49 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ރިޔާސީ އިންތިހާބުގައި ޖޭޕިގެ ފަރާތުން ކުރިމަތިލާނެ ކެނޑިޑޭޓަކު ކަނޑައަޅާނީ އެޕާޓީގެ ހުރިހާ މެންބަރުންނަށް އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ޕްރައިމެރީ އަކުން ކަމަށެވެ.
އެހެންކަމުން މިކަމަށް ރާއްޖޭގެ ގާނޫންއަސާސީ އާއި ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ އެޕާޓީގެ މެންބަރުންނަށް ޖޭޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާ ކަމަށް އެޕާޓީން ބުނެއެވެ. ޕްރައިމަރީގައި ކުރިމަތިލާން އެދޭ ފަރާތްތަކުން އެކަމަށް ސިޓީއަކާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ އަކާއެކު މީހާގެ ވަނަވަރު މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12ގެ ކުރިން ޕާޓީގެ މައި އޮފީސް މ. ކުނޫޒް އަށް ފޮނުވަން އެ އިއުލާނުގައި އެދިފައި ވެ އެވެ.
ރިޔާސި އިންތިހާބުގައި ޖޭޕީ ވަކިން ވާދަކުރަން ގޮވާލައި ގަރާރެއް އެޕާޓީގެ ގައުމީ ކޮންފަރެންސުން ފާސްކުރީ މިދިޔަ ފެބްރުއަރީމަހު އެވެ. އެ ގަރާރާ މެދު އެޕާޓީގެ ކައުންސިލުން ފުރަތަމަ ގޮތެއް ނިންމި އިރު، ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ނުކުންނަވަން ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ފުރުސަތު ދިނެވެ. ޕްރައިމަރީއެއް ބާއްވާ ގޮތަށް ފަހުން ނިންމީ ކީއްވެ ކަމެއް ނޭނގެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
