މާލެ: 31°C

ޖޭޕީގެ ރިޔާސީ ޓިކެޓަށް ގާސިމް ކުރިމަތިލައްވައިފި

ޖޭޕީގެ ރިޔާސީ ޓިކެޓަށް ގާސިމް ކުރިމަތިލައްވައިފި
March 30, 2023
2 ފަހަރު ބަލާފައި
ޖޭޕީގެ ރިޔާސީ ޓިކެޓަށް ގާސިމް ކުރިމަތިލައްވައިފި
ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ރިޔާސީ ޓިކެޓަށް ވާދަކުރަން ހުުޅުވައިލި ފުރުސަތު ހަމަވި އިރު ކުރިމަތިލައްވާނެ އެހެން ބޭފުޅަކު ނުވުމުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެކަމަށް ކުރިމަތިލައްވައިފި އެވެ. ޖޭޕީގެ ރިޔާސީ ޓިކެޓަށް ގާސިމް ކުރިމަތިލެއްވީ އެކަމަށް ހުޅުވައިލި ވަގުތު ހަމަވާން ކުޑަ އިރުކޮޅަކަށް ވެފައި ވަނިކޮށެވެ. އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފަށް ފޮނުއްވި ސިޓީގައި ގާސިމް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓަކަށް ޝަރުތު ހަމަވާ ކެންޑިޑޭޓުން އެޕާޓީގައި ތިބި ނަމަވެސް ، ރިޔާސީ ޕްރައިމަރީ އަށް ހުޅުވައިލި ވަގުތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވީ އިރު ވެސް އެއްވެސް ބޭފުޅަކު ކުރިމަތިނުލައްވާތީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން އެކަމަށް ކުރިމަތިލެެއްވީ ކަަމަށެވެ. "...އެއްވެސް ބޭފުޅަކު ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް އެދި ހުށަހަޅާފައި ނުވާތީ އާއި، ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ހުރި މީހަކީ އަޅުގަނޑު ކަމަށް ވުމާ އެކު މާތްﷲ ގެ ވާގިފުޅާއި މިންވަރުފުޅުން ޕާޓީން އެދޭ ގޮތް ހާސިލުކުރުމަށް ޓަކައި މިހިނގާ 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލުމަށް އަޅުގަނޑު ގަސްދުކޮށް، ހަވާލާދީފައިވާ އިއުލާނުގައި ބުނެފައިވާ ފަދައިން އަޅުގަނޑުގެ ވަނަވަރާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ދެފުށުގެ ކޮޕީއެއް މި ސިޓީއާ އެކު އެއްކަރުދާސްކޮށް ހުށަހަޅަމެވެ،" ސިޓީގައި ގާސިމް ވިދާޅުވި އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީ ވަކިން ވާދަކުރަން ގޮވާލައި އެޕާޓީގެ ގައުމީ ކޮންފަރެންސުން ފާސްކުރި ގަރާރާ މެދު އެޕާޓީގެ ކައުންސިލުން ފުރަތަމަ ނިންމި ނިންމުމުގައި ވެސް އޮތީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ގާސިމް ނުކުންނަވަން އެދިވަޑައިގަންނަވާ ނަމަ އެ އިޚުތިޔާރު އެނާއަށް އޮންނަ ގޮތަށެވެ. އެހެން ނަމަވެސް ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ އެހެން ބޭފުޅަކު ހުރިތޯ ބަލަން، އެޕާޓީން ޕްރައިމަރީއަކަށް އިއުލާނުކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެ ދުވަހު ކުރި އިއުލާނުގައިވާ މުއްދަތު ހަމަވީ މިއަދު މެންދުރު 12:00 ގަ އެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ