މާލެ: 31°C

ޖޭޕީގެ ނައިބުލީޑަަރަކަށް ނަހުލާ އިންތިހާބު ވެއްޖެ

February 26, 2023
2 ފަހަރު ބަލާފައި
ޖޭޕީގެ ނައިބުލީޑަަރަކަށް ނަހުލާ އިންތިހާބު ވެއްޖެ
ޖޭޕީގެ ނައިބުލީޑަަރަކަށް ނަހުލާ އިންތިހާބު ވެއްޖެ
ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ނައިބު ލީޑަރުކަމަށް ޓްރާްންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި އިތުރު ތިން ބޭފުޅަކު އިންތިހާބު ވެއްޖެ އެވެ. ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި އިއްޔެ ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިހާބުގައި ނައިބު ލީޑަރުކަމުގެ މަގާމަށް ޖުމްލަ 12 ބޭފުޅަކު ވާދަކުރެއްވި އެވެ. އެޕާޓީގައި ނައިބު އޮންނަނީ ނައިބު ލީޑަރުކަމުގެ ހަތަރު މަގާމެވެ. އިިއްޔެގެ އިންތިހާބުގަައި ނަހުލާ ނައިބުލީޑަރު ކަމަށް އިންތިހާބުވީ އެ މަގާމަށް ކުރިމަތިލެއްވި 12 ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓްގެ ގޮތުގަ އެވެ. އޭނާއަށް 558 ވޯޓު ލިބިވަޑައިގެންނެވި އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދަވައިގެން ނައިބުލީޑަރު ކަމަށް އިންތިހާބުވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 327 ވޯޓެވެ. ޖޭޕީގެ ތިން ވަނަ ނައިބުލީޑަރަކަށް އިންތިހާބުވީ 277 ވޯޓާއި އެކު، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަލީ ޝާހު އެވެ. ހަތަރުވަނަ ނައިބު ލީޑަރަކަށް އިންތިހާބުވީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެެއާމަން އިގްބާލް އާދަމެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 263 ވޯޓެވެ. އިއްޔެގެ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދާއި އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ ހިމެނިވަޑައިގެންނެވި އެވެ. ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު (ހަނަފީ) ވެސް ހިމެނިވަޑައިގެންނެވީ ނާކާމިޔާބުވި ކެންޑިޑޭޓުންގެ ތެރޭގަ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ