
ޖުމްހޫރީ ޕާޓީގެ "ލީޑަރު"ގެ މަގާމް އުވާލަނީ
ޖުމްހޫރީ ޕާޓީގެ "ލީޑަރު"ގެ މަގާމް އުވާލަނީ
ލިޔުން:
ޖުމްހޫރީ ޕާޓީގެ "ލީޑަރު"ގެ މަގާމް އުވާލަން އެޕާޓީން ނިންމާފައިވާކަމަށް އިތުބާރު ހުރި މަސްދަރަކުން މިނިވަން ނޫހަށް އެނގިއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވީ، މިމަހު 23 ވަނަ ދުވަހު ބާއްވާ އެޕާޓީގެ ކޮންގްރެސްގައި ނިންމާ ކަންތައް ތަކުގެ ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދު އިސްލާހު ކުރުން ހިމެނޭ ކަމަށެވެ. މީގެތެރޭގައި ޕާޓީގެ ލީޑަރުގެ މަޤާމް އުވާލައި ޕާޓީގެ ރައީސަށް ބާރުތައް ދިނުން ހިމެނެއެވެ. އަދި ޕާޓީގެ 5 ނައިބްރައީސުން ތިބޭގޮތަށް ޤަވާއިދު އިސްލާހު ކުރުމަށް ހަމަޖެހިފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ. މި ބަދަލު ގެންނަނީ މިހާރު އެ ޕާޓީގެ ލީޑަރުގެ މަޤާމްގައި ހުންނެވި ޤާސިމް އިބްރާހިމްގެ ތާއީދާ އެކުގައި ކަމަށް މައުލޫމާތު ލިބެއެވެ.
ޕާޓީގެ ރައީސްގެ ދައުރަކީ 5 އަހަރެވެ. ޕާޓީގެ ރައީސަކީ ޕާޓީ ހިންގުމުގެ އެންމެ އިސްވެރިޔާއެވެ. ނަމަވެސް އޭރަކު ހުންނަ ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީގެ މީހެއް ނަމަ ޕާޓީގެ ރައީސަށްވެސް ވާނީ އޭނާ އެވެ. އަދި ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމުން ރިޔާސީ އިންތިހާބު ނިމެންދެން ޕާޓީގެ އެންމެ އިސް މީހަކީ ރިޔާސީ ކެންޑިޑޭޓްކަމަށް ޖުމްހޫރީ ޕާޓީން އަލަށް ފާސްކުރަން މަސައްކަތްކުރާ އަސާސީ ޤަވާއިދުގައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ ކޮންގްރެސްގައި އެޕާޓީގެ ރައީސްގެ މަޤާމަށް ޤާސިމް އިބްރާހިމް އައްޔަން ކުރައްވާނެއެވެ،. އަދި މި ކޮންގްރެސްގެ ތެރެއިން ޤާސިމް އިބްރާހިމް މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާނެއެވެ،.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
