ޖޭޕީގެ ލީޑަރަކަށް އިންތިހާބަކާ ނުލައި ގާސިމް ހޮވިއްޖެ

ޖޭޕީގެ ލީޑަރަކަށް އިންތިހާބަކާ ނުލައި ގާސިމް ހޮވިއްޖެ
ލިޔުން:
ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް އެޕާޓީގެ ލީޑަރުކަމުގައި މިހާރު ވެސް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވޯޓަކާ ނުލައި އިންތިހާބުވެފައި ވާކަން އެޕާޓީން މިއަދު އިއުލާނުކޮށްފި އެވެ.
ގާސިމް އެ މަގާމަށް އިންތިހާބުވެފައިވާ ކަމަށް ޖޭޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ނިންމީ މިއަދު ނިންމީ އެ މަގާމަށް އެހެން އެއްވެސް ބޭފުޅަކު ކުރިމަތިލާފައި ނުވާތީ އެވެ. އެއް ކެންޑިޑޭޓަކަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތި ނުލާ ހާލަތުގައި އިންތިހާބަކާ ނުލައި މަގާމަށް ހޮވޭ ގޮތަށް އަސާސީ ގަވާއިދު ބޭއްވުމަށް ވެސް ކޮންގްރެސްގައި މިއަދު ނިންމި އެވެ.
އެކަކަށް ވުރެ ގިނައިން ކުރިމަތިލާފައި ނުވާތީ އޮޓެމެޓިކުން ޖޭޕީގެ އިސް އެހެން ބައެއް މަގާމުތަކަށް ވެސް މިއަދު ބޭފުޅުން އިންތިހާބު ވި އެވެ. އެއީ ޒުވާނުންގެ ލީގުގެ ރައީސް ކަމަށް އަބްދުﷲ ޔާމީން، ޒުވާނުންގެ ލީގުގެ ނައިބު ރައީސް ކަމަށް ޝުއައިބު ޝިފާޒު ޝަރީފް އަދި އަންހެނުންގެ ލީގުގެ ސެކްރެޓަރީ ކަމަށް އައިޝަތު ޝޫޒާ އަހުމަދެވެ.
ޖޭޕީގެ ލީޑަރުކަން އިންތިހާބަކާ ނުލައި ގާސިމަށް ލިބިވަޑައިގެންނެވުމުން އޭނާ ވިދާޅުވީ އެއީ އުފާކުރައްވާ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް އެކަން ބަލައިގަންނަ ކަމަށެވެ.
"އަޅުގަނޑު މި ޕާޓީގެ ލީޑަރުކަމަށް ތިޔަ ބޭފުޅުން، ހަމަޖެހިފައިވާ އަސާސީ ގަވައިދުގެ ދަށުން ވޯޓެއް ނުލައި ކަނޑައެެޅިގެން ދިޔަޔަތީ އަނެއްހެން މާބޮޑު އުފަލެއް ނުވޭ އެހެން ނަމަވެސް ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވާނީ އެކަން އަޅުގަނޑު ބަލައިގަންނަމޭ. ގަބޫލުކޮށްފީމޭ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާޓީއެއްގެ ގޮތުގައި ޖޭޕީ ޒަމާންތަކަކަށް ދެމިގެން ދިއުމަށް ޓަކައި ކަންތައްތަކެއް ވާން ޖެހޭ ކަމަށެވެ. އޭނާއަށް ވެސް ނިމުމެއް އަންނާނެ ކަމަށާއި އެއީ ގުދުރަތީ ގާނޫނު ކަމަށް ވާއިރު ސާބިތުކަމާ އެކު ކެރިގެން އެޕާޓީގެ ލީޑަޝިޕަށް ކުރިމަތިލައްވާނެ ބޭފުޅުންތަކެއް ތިއްބެވުމަކީ ބޭނުންތެރިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތާ އަބަދަކު އަޅުގަނޑު ނުހުންނާނެ މި ލީޑަރުކަމަކު އިނގޭތޯ. ހަމަ ގައިމު ވެސް އަޅުގަނޑަށް ވެސް ނިމުމެއް އަންނަން ޖެހޭނެ. އެއީ ދުރުތަތީ ގާނޫނު އޮންނަ ގޮތް. އެކަމން ވާގޮތް މެ، އެހެންވީމާ އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން މި ކަންކަމަށް ސާބިތުކަމާ އެކީ ކެރިވަޑައިގެން، ތެދުވެވަޑައިގެން އުޅުއްވަން ތިއްބަވާނެ ބޭފުޅުން ކޮޅެެއް އިހުލާސްތެރިކަމާ އެކީގައި، އަޅުގަނޑު ކުރި ރަނގަޅު ކަންތައްތައް ބަލައިގަނެގެން [ކުރިއަށް] ގެންދާނެ ރަނގަޅު ލީޑަޝިޕެއް އޮތުމަކީ ވަރަށް ބޭނުންތެރިކަމެއް،" ގާސިމް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
