ޖޭޕީގެ ކުރީގެ ގިނަ މެމްބަރުންތަކެއް އެމްޑީޕީއަށް ސޮއި ކޮށްފި

ޖޭޕީގެ ކުރީގެ ގިނަ މެމްބަރުންތަކެއް އެމްޑީޕީއަށް ސޮއި ކޮށްފި
ލިޔުން:
ޖުމުހޫރީ ޕާޓީ (ޖޭޕީ)ގެ ކުރީގެ ކައުންސިލް މެންބަރުން ހިމެނޭގޮތަށް ކުރީގެ ގިނަ މެންބަރުންތަކެއް މިއަދު އެމްޑީޕީ އަށް ސޮއި ކުރައްވައިފިއެވެ.
ޖޭޕީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް އަންނަ ސެޕްޓެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމުމާއެކު އެ ޕާޓީގެ އިސްކޮށް އުޅުއްވާ ގިނަދުވަސްތަކެއްވެފައި ތިބި ގިނަ އަދަދެއްގެ މެމްބަރުން ތަކެއްވަނީ އެ ޕާޓީން ވަކިވެވަޑައިގަންނަވާފައެވެ. މިގެތެރެއިން ގިނަ ބޭބޭ ފުޅުންނަކީ ސަރުކާރުގައި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.
އެގޮތުން ޖޭޕީން ވަކިވެ މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންވި ބޭފުޅުންގެ ތެރޭގައި ރައީސްގެ އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި، އާޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުރި ކުރީގެ ފިލްމީ ތަރި ވަލީދާ ވަލީދު އާއި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު މުހައްމަދު ސަލީމް (ސޯނީ) ހިމެނިވަޑާއިންނެވިއެވެ. މީގެ އިތުރުން ވެސް އެތަށް މެމްބަރަކު ޖޭޕީ ދޫކޮށް މިއަދު އެމްޑީޕީ އަށް ވަނީ ސޮއި ކޮށްފައެވެ.
މި ބޭފުޅުން ޖޭޕީން ވަކިވީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދައިދޭން ތާއީދު ނުކޮށް، ކޯލިޝަނުން ވަކިވެ، ޖޭޕީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ކެނޑިޑޭޓަކު ނެރުމާ ގުޅިގެންނެވެ.
https://twitter.com/MDPSecretariat/status/1671519042388066308
އެމްޑީޕީގެ ފަރާތުން އަންނަ ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބަށް ވާދަކުރައްވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
ގިނަ މެމްބަރުން ތަކެއް ޖޭޕީ ދޫކޮށް މިއަދު އެމްޑީޕީ އަށް ސޮއި ކޮށްފައިވާ އިރު، އެޕާޓީ އުފެދުނީއްސުރެން މިއަދާ ހަމައަށް އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ޕާޓީގެ ރައީސް ކަމުން މިއަދު އިސްތިއުފާދެއްވައި ޕާޓީން ވަކިވެވަޑައިގެންފައެވެ.
ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވިކަން ހާމަ ކުރެއްވީ، އަތުލިޔުމުން ލިޔުއްވާފައިވާ ސިޓީއެއް އެމަނިކުފާނުގެ ޓްވީޓާގައި އާންމު ކޮށްފައެވެ. އެސިޓީގައި އެމަނިކުފާނު ވިދާޅުވީ، ގައުމުގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތުން އެމްޑީޕީގައި މިވަގުތު ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
