މާލެ: 31°C

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އަންނަމަހު 23ގައި. ރިޔާސީ އިންތިހާބާމެދު ގޮތެއް ނިންމާނެ!

January 30, 2023
2 ފަހަރު ބަލާފައި
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އަންނަމަހު 23ގައި. ރިޔާސީ އިންތިހާބާމެދު ގޮތެއް ނިންމާނެ!
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އަންނަމަހު 23ގައި. ރިޔާސީ އިންތިހާބާމެދު ގޮތެއް ނިންމާނެ!
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އަންނަ ފެބްރުއަރީ 23 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. ޖޭޕީގެ އިސް އޮފިޝަލަކު ވިދާޅުވީ، ދަރުބާރުގޭގައި ބާއްވާ މި ކޮންގްރެސްއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަ ކުރާނެތޯ ނުވަތަ ނޫންތޯ ނިންމާނެއެވެ. މިނިވަން ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި ކޮންގްރެސްގެ ތެރެއިން އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް ދިނުމަށް ދަނީ މަސައްްކަތް ކުރަމުންނެވެ. މީގެކުރިން ޖުމްހޫރީ ޕާޓީން ބުނެފައިވަނީ އެޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަކީ މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކާމިޔާބުކުރުމުގެ ފުރުޞަތު އެންމެ ބޮޑު އެއް ކެންޑިޑޭޓް ކަމަށް ސިޔާސީ މަޝްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ސަބަބަކީ ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއްްގައި ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓެއް ނެރުމުގެ ފުރުޞަތު ކުޑަވުމާއި ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ގުޅުން ގޯސްވުން ހިމެނެއެވެ.   ސިޔާސީ މަޝްރަހް ދިރާސާ ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން މިފަހަރުގެ ރިޔާސީ އިންތިހާބަށް އެންމެ ބޮޑު ކޯލިޝަނެއް ހަދާނީ ޖުމްހޫރީ ޕާޓީންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ