
ޖޭޕީގެ ކެމްޕެއިންގެ ޕްލޭނިންއާއި ގުޅުންހުރި މަސައްކަތްތައް އަމީންއާއި ހަވާލުކޮށްފި
ޖޭޕީގެ ކެމްޕެއިންގެ ޕްލޭނިންއާއި ގުޅުންހުރި މަސައްކަތްތައް އަމީންއާއި ހަވާލުކޮށްފި
ލިޔުން:
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޕްލޭނިންއާއި ގުޅުންހުރި މަސައްކަތްތައް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރައްވާ އިސްބޭފުޅެއްގެ ގޮތުގައި އެޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ހަމަޖައްސަވައިފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެކަން އިއުލާން ކުރުމަށްފަހު އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. މިގޮތުން ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީންނާއި ސްޕެޝަލް އެޑްވައިޒަރުންނާއި އެޑްވައިޒަރުންގެ އިތުރުން އިތުރު ކޮމެޓީތައް ހިމެނެއެވެ.
ޖޭޕީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެޕާޓީގެ ކެމެޕެއިން ހަރަކާތްތައް ޕްލޭންކޮށް ކެމްޕޭނާއި ގުޅުންހުރި މަސައްކަތްތައް ކުރައްވާނެ ބޭފުޅެއްގެ ގޮތުގައި އަމީން އިބްރާހިމް ހަމަޖައްސާފައެވެ.
https://twitter.com/JPSecretariat/status/1639156744650907648
އަދި އެޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީއާ އެކު ކޯލިޝަން ހެދުމަށް ސިޔާސީ ޕާޓީތަކާ އެކު ބާއްވާ މަޝްވަރާތަކުގައި ޖޭޕީގެ ފަރާތުން ބައިވެރިވާނެ ބޭފުޅުންގެ ކޮމިޓީއެއް އުފައްދާފައެވެ.
މި ކޮމިޓީގައި ތިއްބަވަނީ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިނާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
