
ޖޭޕީގެ ކައުންސިލް ބައްދަލުވުމެއް މާދަމާ، ރިޔާސީ އިންތިހާބާ ބެހޭ ބަހުސެއް ނެތް
ޖޭޕީގެ ކައުންސިލް ބައްދަލުވުމެއް މާދަމާ، ރިޔާސީ އިންތިހާބާ ބެހޭ ބަހުސެއް ނެތް
ލިޔުން:
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ގޮވާލައި އެޕާޓީގެ ގައުމީ ކޮންފަރެންސުން ފާސްކޮށްފައިވާ ގަރާރަށް ބަހުސް ކުރަން އެޖެންޑާ ނުކޮށް، އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.
ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ނެގި ވޯޓުގައި އިއްތިފާގުން ފާސްކޮށްފައިވާ ގަރާރަށް ގޮތެއް ނިންމާނީ ކައުންސިލުން ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އޭރު ވިދާޅުވި އެވެ. އެ ގަރާރަށް ބަހުސްކޮށް ގޮތެއް ނިންމަން، ގައުމީ ކޮންފަރެންސްގައި އަލަށް އިންތިހާބުކުރި ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ވެސް ފެބްރުއަރީ، 24 އިން 26 އަށް ބޭއްވި ގައުމީ ކޮންފަރެންސްގައި ގާސިމް ވިދާޅުވި އެވެ.
އެހެން ނަމަވެސް ޖޭޕީގެ ކައުންސިލް އަލުން އިންތިހާބު ކުރި ފަހުން ބާއްވާ ފުރަަތަމަ ބައްދަލުވުން މާދަމާ މެންދުރު ފަހު 2:00 ގައި ބާއްވަން ތާވަލު ކުރި އިރު އެޖެންޑާގައި އޮތީ އަސާސީ ގަވައިދުގައި ބުނާ ކޮމިޓީތަކުގެ އިންތިހާބަށް ހުޅުވައިލުމާއި މެދު ގޮތެއް ނިންމުމާއި އަސާސީ ގަވައިދުގައި ބުނާ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމާއި މެދު ގޮތެއް ނިންމުމެވެ. އިންތިހާބުތަކަށް ހުޅުވައިލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީތަކަކީ މެމްބަޝިޕް ކޮމިޓީ، ސުލޫކީ ކޮމިޓީ، އިސްތިއުނާފު ކޮމިޓީ އެވެ.
ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރެން ގޮވައިލާ އެޕާޓީގެ ގައުމީ ކޮންފަރެންސުން ގަރާރެއް ފާސްކޮށްފައި ވިޔަސް، މިހާރު ވެސް އޮތް ކޯލިޝަންގައި ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކުރިއަށްދާން އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ އެޕާޓީއަށް ހުށަހަޅުއްވައިފަ އެވެ. މިދިޔަ ހަފްތާފައި ތ. ހިރިލަންދުއަށް ކުރެއްވި ދަތުރުފުޅުގައި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް އޮތް ފޯމިއުލާއަކީ ކޯލިޝަން ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި, މިހާރު ކޯލިޝަންގައި ތިއްބެވި ހުރިހާ ޕާޓީތަކަށް ދައުވަތު ދެއްވާފައިވާ ކަމަށެވެ. އަދި ކޯލިޝަން ޕާޓްނަރުންނަށް ދައުވަތު ދެއްވީ އެއީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާތީ ކަމަށާއި, އޭގެ ހެޔޮ ނަތީޖާ ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
