
ޖޭޕީ ކޮންގްރެސް: ވޯޓަށް އެހުން މާދަމާ ހެނދުނަށް ތާވަލްކޮށްފި
ޖޭޕީ ކޮންގްރެސް: ވޯޓަށް އެހުން މާދަމާ ހެނދުނަށް ތާވަލްކޮށްފި
ލިޔުން:
ވޯޓުކަރުދާހުގައި މައްސަލަ ޖެހި މިއަދު ކުރިއަށް ނުގެންދެވުނު ވޯޓުލުން މާދަމާ ހެނދުނު ދަންފަޅިއަށް ތާވަލްކޮށްފިއެވެ.
މައްސަލަ ހޫނުވެ ކޮންފަރެންސް މެދުކަނޑާލީ ކެންޑިޑޭޑުންގެ ފޮޓޯ ވޯޓުކަރުދާހުގައި ނެތުމުގެ ސަބަބުންނެވެ. ކޮންފަރެސް ފެށުމަށް ހަމަޖެހިފައިވަނީ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ފޮޓޯ ޖެހުމަށްފަހު އަލުން ޕްރިންޓް ކޮށްގެންނެވެ. މިވޯޓަކީ އެޕާޓީގެ މަޤާމްތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން މަޤާމްތަކަށް އިންތިހާބުކުރަން ލާ ވޯޓެކެވެ.
ޖުމްހޫރީ ޕާޓީގެ އެކިއެކި މަޤާމްތަކަށް މެމްބަރުން އައްޔަން ކުރުން އައްޔަން ކުރާނީ މި ވޯޓުންނެވެ. އެންމެ ވާދަވެރިވާނީ ނައިބް ލީޑަރުގެ މަޤާމެވެ. 5 މެމްބަރުން އިންތިހާބުކުރާ އެމަޤާމަށް 12 މެމްބަރުން ކުރިމަތިލާފައިވެއެވެ.
މި ކޮންފަރެންސްގައި އެޕާޓީގެ އަސާސީ ޤަވާއިދު އިސްލާހު ކުރާނެއެވެ. އަލަށް ފާސްކުރަން ހުށައަަޅާފައިވާ އަސާސީ ޤަވާއިދުގައިވާ ގޮތުން ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ ރިޔާސީ ކެންޑިޑޭޓަކީ އެޕާޓީގެ ލީޑަރު ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ވާހަދަކުރުމަށް ހުޅުވާލި ފުރުޞަތުގައި އެމަޤާމަށް ކުރިމަތިލައްވާފައިވަނީ މިހާރުވެސް އެމަޤާމްގައި ހުންނެވި ޤާސިމް އިބްރާހިމެވެ. ޤާސިމް އެމަޤާމަށް ހޮވޭނީ ޤައުމީ ކޮންފަރެންސްގައި ނަގާ ފެންނަ ނުފެންނަ ވޯޓަކަށް ފަހުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
