މާލެ: 31°C

ޖޭޕީއާއި އެމްއާރުއެމުން ވިސްނުންތެރިކަމާއެކު ގޮތް ނިންމާނެ ކަމަށް ގަބޫލުކުރަން: ރައީސް ސޯލިހު

March 3, 2023
2 ފަހަރު ބަލާފައި
ޖޭޕީއާއި އެމްއާރުއެމުން ވިސްނުންތެރިކަމާއެކު ގޮތް ނިންމާނެ ކަމަށް ގަބޫލުކުރަން: ރައީސް ސޯލިހު
ޖޭޕީއާއި އެމްއާރުއެމުން ވިސްނުންތެރިކަމާއެކު ގޮތް ނިންމާނެ ކަމަށް ގަބޫލުކުރަން: ރައީސް ސޯލިހު
މިހާރު ސަރުކާރުގެ ކޯލިޝަންގައި ތިއްބެވި މޯލްޑިވްސް ރިފޯމް މޫވްމަންޓާއި ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ވިސްނާވަޑައިގެން ގޮތެއް ނިންމަވާނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ތ. ހިރިލަންދޫއަށް ވަޑައިގެން އެރަށުގެ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް އޮތް ފޯމިއުލާއަކީ ކޯލިޝަން ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި, މިހާރު ކޯލިޝަންގައި ތިއްބެވި ހުރިހާ ޕާޓީތަކަށް ދައުވަތު ދެއްވާފައިވާ ކަމަށެވެ. އަދި ކޯލިޝަން ޕާޓްނަރުންނަށް ދައުވަތު ދެއްވީ އެއީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާތީ ކަމަށާއި, އޭގެ ހެޔޮ ނަތީޖާ ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށެވެ.  ސަރުކާރު ކޯލިޝަންގައި ތިބި ޕާޓީތަކުގެ ތެރެއިން ރައީސްގެ ދައުވަތު ގަބޫލްކުރީ އަދި ގަބޫލުކުރީ ހަމައެކަނި އަދާލަތުޕާޓީންނެވެ. ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމުން އަދި ގޮތެއް ނުނިންމައެވެ. ޖުމްހޫރީ ޕާޓީގެ ވިސްނުން ހުރީ އަމިއްލައަށް ރިޔާސީ ރޭހުގައި ވާދަކުރުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ