މާލެ: 31°C

ޖޭޕީއާ ބައްދަލުކުރި ވާހަކަ ސަލަަފުން ދޮގުކޮށްފި

ޖޭޕީއާ ބައްދަލުކުރި ވާހަކަ ސަލަަފުން ދޮގުކޮށްފި
March 26, 2023
2 ފަހަރު ބަލާފައި
ޖޭޕީއާ ބައްދަލުކުރި ވާހަކަ ސަލަަފުން ދޮގުކޮށްފި
ޖަމިއްޔަތުއް ސަލަފުން ޖުމްހޫރީ ޕާޓީއާ އެކު މިފަހުން ބައްދަލުވުމެއް ބޭއްވި ކަމަށް ބައެއް މީޑިއާތަކުން ފެތުރި ޚަބަރު އެ ޖަމިއްޔާއިން ދޮގުކޮށްފި އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މަޝްވަރާތަކަށް ޖޭޕީގެ ލީޑާރ ގާސިމް އިބްރާހިމާ ޖަމްއިއްޔަތުއް ސަލަފުގެ އިސްވެރިންނާ ދެފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ހަބަރު ފަތުރާފައެވެ. އަދި ޖޭޕީ އާއި ރައީސް ނަޝީދު އުފައްދަވާ ކޯލީޝަންގައި ސަލަފުން ބައިވެރި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ބައެއް ހަބަރު ތަކުގައި ލިޔެފައިވެއެވެ. އެކަން ދޮގުކޮށް ސަލަފުން ރޭ ނެރުނު ބަޔާނެއްގައި ބުނީ  ޖުމްހޫރީޕާޓީގެ އެދިލެއްވުމަކަށް 20 މާރޗް 2023 ގައި ޖަމްއިއްޔަތުއް ސަލަފު އޮފީހުގައި އެޕާޓީގެ ލީޑާރ ގާސިމް އިބްރާހިމްއާއި އެޕާޓީގެ ބައެއް އިސްވެރިންނާ ޖަމްއިއްޔަތުއް ސަލަފުން ބޭއްވި ބައްދަލުވުން ފިޔަވައި އިތުރު އެހެން ބައްދަލުވުމެއް ބާއްވާފައި ނުވާކަމަށް ބުނެފައިވެއެވެ. އަދި އިތުރަށް ބުނެފައިވަނީ ތަފާތު ނޫސްމީޑިއާތަކުގައި ފަތުރަމުންދާ ހަބަރުތަކަކީ ޒިންމާދާރުކަމެއް ނެތި، ފަތުރަމުންދާ ހަގީގަތެއް ނެތް ދޮގު ހަބަރުތަކެއް ކަމަށެވެ. ޖަމްއިއްޔަތުއް ސަލަފަށް ނިސްބަތްކޮށް ދޮގުހަބަރު ފެތުރި މީޑިއާތަކުން އެކަމާ މައާފަށްއެދި ތެދު ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިމުނަށް އިލްތިމާސް ކުރާ ކަމަށާއި، އަދި ތެދުދޮގު ބެލުމެއް ނެތި ލިބޭހާ ހަބަރުތަށް ނުފެތުރުމަށާއި ޒިމާދާރު ކަމާއެކު ހަބަރު ފެތުރުމަށް އެޖަމިއްޔާއިން ނަސޭހަތްތެރިވާކަމަށް ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ