މާލެ: 31°C
ޖިނާއީ ދައުވާއެއް އޮތް މީހަކަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި

ޖިނާއީ ދައުވާއެއް އޮތް މީހަކަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި

January 10, 2024
3 ފަހަރު ބަލާފައި
ޖިނާއީ ދައުވާއެއް އޮތް މީހަކަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި
ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ގާނޫނީ ވަކީލު އަހުމަދު ޝާނަށް ޑެޕިއުޓީ މިނިސްޓަރުކަން މި ސަރުކާރުން ދީފިއެވެ. ރައީސް އޮފީހުގެ ވެބްސައިޓުން ބުނާ ގޮތުގައި ޝާންއަށް ދީފައިވަނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމެވެ. ޝާންއަށް ދައުވާ ކުރަނީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 16 އަހަރުގެ އަންހެން ކުއްޖަކާ އެކު އޭނާ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި ހުއްޓާ ފެނިގެންނެވެ. ނަމަވެސް މިމައްސަލަ ފުރަތަމަ ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރި ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ނުބެލޭނެ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައެވެ. އެއަށްފަހު، ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް އަމުރުކޮށްފައެވެ. އެގޮތުން، ކްރިމިނަލް ކޯޓުގައި އަލުން މިމައްސަލަ ބެލުމުގެ ގޮތުން މިހިސާބަށް އައިއިރު ބޭއްވިފައިވަނީ އެންމެ އަޑުއެހުމެކެވެ. އަދި އެއަށްފަހު އިތުރު އަޑުއެހުމެއް ބާއްވާފައި ނުވާއިރު، އެ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށާއި ހުލާސާ ބަޔާން އިއްވުމަށެވެ. މި ހާދިސާއާ ގުޅިގެން އޭނާއަށް ދީފައި އޮތް ވަކީލު ކަމުގެ ހުއްދަވެސް އޭރު ސަސްޕެންޑް ކުރިއެވެ. އެކަމަކު އެ ސަސްޕެންޝަން މިހާރު ވަނީ އުވާލާފައެވެ. ކުޑަކުއްޖަކާ ބެހުނު ކަމުގެ ތުހުމަތު އޮވެ ޝަރީއަތް ހިނގަމުންދާ މީހަކަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފައިވާއިރު، މީގެ ކުރިން ވެސް މި ސަރުކާރުން ޖިންސީ ފުރައްސާރައެއްގެ ތުހުމަތު އޮތް މީހަކަށް މަގާމު ދިނުމުން، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އޭނާ މިހާރު ވަނީ މަގާމުން ވަކިކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ