
ޖެހިޖެހިގެން 40 ދުވަހު ޖަމާއަތުގައި ފަތިސްނަމާދުކުރާ ކޮންމެ ކުއްޖަކަށް ބައިސްކަލެއްދޭން ނިންމައިފި
ޖެހިޖެހިގެން 40 ދުވަހު ޖަމާއަތުގައި ފަތިސްނަމާދުކުރާ ކޮންމެ ކުއްޖަކަށް ބައިސްކަލެއްދޭން ނިންމައިފި
ލިޔުން:
ޖެހިޖެހިގެން 40 ދުވަހު ޖަމާއަތުގައި ފަތިސްނަމާދުކުރާ ކޮންމެ ކުއްޖަކަށް ބައިސްކަލެއްދޭން އިހަވަންދޫ މަސްޖިދުއް ތައާވުންއިން ނިންމައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިޝާނަމާދަށްފަހު އެ މިސްކިތުގެ އިމާން ހުސައިން ރަޝީދު އެކަން އިއުލާން ކުރެއްވިއެވެ.
ކުއްޖާގެ އުމުރާ ގުޅޭގޮތުން ބައިސްކަލެއް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، މަސްޖިދުއް ތައާވުންގައި ފަތިސް ނަމާދުގެ ޖަމާއަތުގައި ބައިވެރިވާ ގުރޭޑް 1 ން 7 ގެ ދަރިވަރުންނަށެވެ.
ޖަމާއަތަށް އަންނަ ދަރިވަރުންގެ ތެރެއިން ވިދިވިދިގެން ސާޅީސް ދުވަހު އަންނަ ދަރިވަރުންނަށް ބައިސްކަލް ދޭން ނިންމީ ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއެކުގައި ކަމަށް ތައާވުން މިސްކިތުގެ އިމާމް ހުސައިން ރަޝީދާ ހަވާލާދީ އިހަވަންދޫ ޑޮޓްކޮމް ނޫހުން ބުނެފައިވެއެވެ.
"މަގުސަދަކީ، ފުރާވަރަށް އަޅާ އުމުރުގެ ކުދިންގެ ހިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމަށް ލޯބި ޖެއްސުމެވެ. ހާއްސަކޮށް ފަތިސްނަމާދު ޖަމާއަތުގައި ކުރުމަށް ސަމާލުކަން އިތުރުކުރުމެވެ. އެ ނަމާދު ވަކިން ފާހަގަކޮށްފައިވަނީ، ޖަމާއަތުގައި ފަތިސް ނަމާދު ކޮށްފި ކުއްޖަކު އެހެން ނަމާދުތަކަށް ސަމާލުކަން ދިނުމަށް ބާރަކަށްވާނެތީއެވެ." ހުސައިންއާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ.
އެގޮތުން ޖަމާއަތަށް އަންނަ ދަރިވަރުންގެ ހާޒިރީ ބަލައި، ވިދިވިދިގެން ދިހަ ދުވަހު ޖަމާއަތުގައި ފަތިސް ނަމާދުކުރާ ދަރިވަރުންނަށް އިނާމެއް ދޭން ވެސް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
