މާލެ: 31°C

"ޖަޒީރާވަންތަ ރާއްޖެއަކަށް މުހިއްމީ ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުން"

March 4, 2023
2 ފަހަރު ބަލާފައި
"ޖަޒީރާވަންތަ ރާއްޖެއަކަށް މުހިއްމީ ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުން"
"ޖަޒީރާވަންތަ ރާއްޖެއަކަށް މުހިއްމީ ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުން"
ޖަޒީރާވަންތަ ރާއްޖެއެއް ބިނާކުރުމަށްޓަކައި އެންމެ އިސްކަމެއް ދޭންވީ ގާބިލު ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުމަށް ކަމަށާއި، ސަރުކާރުން މަސައްކަތްތެރިންނަށް ހާއްސަ ސަމާލުކަމެއް ދޭކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ(އެމްއައިޓީ) ގުޅިގެން ބޭއްވި ސްކިލްޑް ސަރޓިފިކޭޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މީހުން ބިނާކުރުމަށް ހަޔާ އެޑިއުކޭޝަނުން ކުރާ މަސައްކަތުގައި އެމްއައިޓީއަކީ ވަރަށް ހާއްސަ ބައިވެރިއެއްކަމަށެވެ.  މޯލްޑިވްސް ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން ސަރުކާރުން ޓިވެޓުގެ ތައުލީމަށް ދޭ ސަމާލުކަން ހާމަވެގެން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. " އެނގިވަޑައިގަންނަވާނެ މިދިޔަ ހަފްތާގައި ރާއްޖޭގެ ސަރުކާރުގައި ހުރި ހަމައެކަނި ޓިވެޓްގެ ތައުލީމު ފޯރުކޮށްދޭ މުވައްސަސާ މޯލްޑިވްސް ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މުސާރަވެސް މިވަނީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑުތަނުން ބޮޑުކޮށްދެއްވާފައި. އެހެންވީމަ މީގެއިން މި ދައްކުވައިދެނީ މި ދާއިރާއަށް ސަރުކާރުންދޭ އިސްކަމާއި ސަމާލުކަން. " މިނިސްޓަރ ވިދާޅުވި އެވެ. ދާދިއަވަހަށް ވޮކޭޝަނަލް ދާއިރާއިން މިހާރަށްވުރެ ބޮޑު މަތީ ސަނަދުތައް ލިބޭނެ ގޮތަށް ކަންކަން ބައްޓަންވެގެން ކުރިއަށް ދާނެކަމަށް އުއްމީދު ކުރައްވާކަމަށާއި ޑިގްރީފެންވަރަށް އެދާއިރާއިން ކިޔެވޭނެގޮތް ހައްދަވައި ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މެތަމެޓިކްސްއާއި ސައިންސާއި ފިޒިކްސްގެ މައްޗަށް ބިނާވެފައި އޮންނަ ތައުލީމެއް ކަމަށާއި މަސައްކަތުގެ ތައުލީމާއި ހުނަރަކީ ދުނިޔަވީ އަދި ދުވަހީ ކަންކަމުގައި ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދައިދޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ދާއިރާތަކުން ޑިގްރީ ފެންވަރަށް ދާދި އަވަހަށް ރާއްޖޭގައި ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދިނުމަކީ ވަރަށް ވެސް މުހިއްމު ކަމެއް ކަމަށް އޭނާ ފާހަގަކޮށްފައިވެ އެވެ. " އެފަދަ ދާއިރާތަކުން ޑިގްރީ ފެންވަރަށް ދާދި އަވަހަށް ރާއްޖޭގައި ކުރިއަށް ނުދޭންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އާދެ އަޅުގަނޑުގެ ވިސްނުން ހުރީވެސް އެދިމާލަށްކަން އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން ބޭނުން." މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މަސައްކަތުގެ ތައުލީމާއި ހުނަރާއި ތައުލީމަށް ކުރާ އިހުތިރާމް ބޮޑުވާން ޖެހޭ ކަމަށާއި، އެކަން ފުރިހަމައަށް ކުރެވޭނީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތްތަކަށް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ