މާލެ: 31°C

ޖަވާބުދާރީ ވުމަށް މިނިސްޓަރު ޝާހިދަށް 14 ދުވަހުގެ ނޯޓިސްއެއް ފޮނުވައިފި

ޖަވާބުދާރީ ވުމަށް މިނިސްޓަރު ޝާހިދަށް 14 ދުވަހުގެ ނޯޓިސްއެއް ފޮނުވައިފި
May 22, 2023
2 ފަހަރު ބަލާފައި
ޖަވާބުދާރީ ވުމަށް މިނިސްޓަރު ޝާހިދަށް 14 ދުވަހުގެ ނޯޓިސްއެއް ފޮނުވައިފި
ޗާގޯސް މައްސަލައިގައި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވެ ވަޑައިގެންނެވުމަށް 14 ދުވަހުގެ ނޯޓިސް ފޮނުވައިފިއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އީވާވިދާޅުވީ 13 މެމްބަރަކު ސޮޔާއިއެކު، މިނިސްޓަރ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 18 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. މިނިސްޓަރު ޝާހިދަށް މިމައްސަލާގައި 14 ދުވަހުގެ ނޯޓިސް ފޮނުވާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު، ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. މިދެ މައްސަލަވެސް މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު މެމްބަރުންނެވެ. މި ދެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވަނީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ޚީޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަންޑާރަ ނައިބްގެ ހައިސިއްޔަތުންނާއި ފޮރިން މިނިސްޓަރު އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތު އެންމެ ފުރިހަަމައަށް އަދާކުރައްވާފައި ނެތް ކަމަށް ތުހުމަތު ކުރައްވައެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދޭނީ މަދުވެގެން 10 މެންބަރުންގެ ސޮއިއާއެކުއެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހުގެ 43 މެމްބަރުންގެ އަގްލަބިއްޔަތު ބޭނުންވާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ