މާލެ: 31°C
ޖަޕާނު ސަރުކާރުން ހަދިޔާކުރި 8 އެމްބިއުލާންސް ހަވާލުކޮށްފި

ޖަޕާނު ސަރުކާރުން ހަދިޔާކުރި 8 އެމްބިއުލާންސް ހަވާލުކޮށްފި

July 13, 2023
2 ފަހަރު ބަލާފައި
ޖަޕާނު ސަރުކާރުން ހަދިޔާކުރި 8 އެމްބިއުލާންސް ހަވާލުކޮށްފި
ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ހަދިޔާކުރި 8 އެމްބިއުލާންސެއް މިއަދު ހަވާލުކޮށްފި އެވެ.
އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހއ. ހޯރަފުށި ހެލްތު ސެންޓަރ، ހއ. ކެލާ ހެލްތު ސެންޓަރ، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޏ. ފުވައްމުލަކު ހޮސްޕިޓަލް، އައްޑޫ އިކެއެޓޯރިއަލް ހޮސްޕިޓަލް، މިއިން ކޮންމެ ރަށަކަށް 1 އެމްބިއުލާންސް އަދި ހުޅުމާލޭގައި ޤާއިމުކުރެވިފައިވާ ނެޝަނަލް އެމްއެމްބިއުލާންސް ސަރވިސަސްއަށް 2 އެމްބިއުލާންސް ހަވާލުކުރިއެވެ. އެ ރަސްމިއްޔާތުގައި ހަވާލުކުރެވުނު އެމްބިއުލާންސްތަކަކީ "ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީ.ޖީ.ޕީ)" ގެ ދަށުން ހަދިޔާކުރެވުނު އެމްބިއުލާންސްތަކެކެވެ.
މި އެމްބިއުލާންސްތަކާއެކު، ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީ ކުއްލިފަރުވާ ރަށްރަށުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީއިން ބުންޏެވެ.
ޖަޕާން ސަރުކާރުގެ ފަރާތުން އެމްބިއުލާންސްތައް ހަވާލްކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު ހަރ އެކްސެލެންސީ މިސް ތަކެއުޗި މިދޯރީއެވެ.
މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްބިއުލާންސްތަކާއި ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމެވެ. ހެލްތު ފެސިލިޓީ ތަކުން އެމްބިއުލާންސްތަކާއި ހަވާލުވެ ވަޑައިގެންނެވީ އެ ފެސިލިޓީއެއްގެ މެނޭޖަރެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ