މާލެ: 31°C

ޖެނުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވް ހުރީ 700 މިލިއަން ޑޮލަރުން މަތީގައި: އެމްއެމްއޭ

February 11, 2025
147 ފަހަރު ބަލާފައި
ޖެނުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވް ހުރީ 700 މިލިއަން ޑޮލަރުން މަތީގައި: އެމްއެމްއޭ
މިއަހަރުގެ ޖެނުއަރީމަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 700 މިލިއަން ޑޮލަރަށް ވުރެ މަތީގައިކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މިއަހަރުގެ ޖެނުއަރީމަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 700 މިލިއަން ޑޮލަރަށް ވުރެ މަތީގައިކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ޝާއިއުކުރި ރަސްމީ ރިޒާވްއާ ގުޅޭ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވް ހުރީ 708.1 މިލިއަން އެމެރިކާ ޑޮލަރުގަ އެވެ. އަދި އެ އަދަދަކީ މި ދިޔަ އަހަރުގެ ނެނުއަރީ މަސް ނިމުނު އިރު ހުރި އަދަދަށްވުރެ ފަސް ޕަސެންޓުގެ އިތުރުވުމެއް ކަމަށްވެސް އެމްއެމްއޭ ގެ ރިޕޯޓްގައި ބުނެފައިވެއެވެ.

މިދިޔަ މަހުގެ ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރު ފައިސާގެ މިންވަރު އޭގެ ކުރީ  މަހާ އަޅާ ބަލައިއިރު 12 ޕަސެންޓް އިތުރުވެފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހު ހެދި ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން ލިބުނު ބޭރު ފައިސާ އިތުރުވެފައިވުމަކީ ވެސް މީގެ އެއް ސަބަބު ކަމަށް އެމްއެމްއޭ ގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ރިޒާވް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖަނަވަރީ މަހު ރިޒާވުން ހަރަދުކުރި މިންވަރަށް ވުރެ ލިބިފައިވާ އަދަދު އިތުރުވެފައިވާތީ ކަމށްވެސް ބުނެފައިބވެއެވެ.

ބޭރުފައިސާ ބޭންކުތަށް މާރުކުރުމާ ބެހޭ ޤަވާއިދުގެ ދަށުން  މިހާތަނަށް 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް މާރުކޮށްފައިވާ ކަމަށް އެމްއެމްއޭން ބުންޏެވެ. އަދި އެ މުއްދަތުގައި ރާއްޖޭގެ ރިޒޯޓުތަކުގެ ތެރެއިން 90 ޕަސެންޓް ރިޒޯޓުތަށް އެ ގަވާއިދާ އެއްގޮތަށް ބޭރު ފައިސާ މާރުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ