ޖެނުއަރީ މަހު 9.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްގެން ޑިއުޓީއަށް ލިބުނީ 287 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
ކަސްޓަމަސް އިން އާއްމުކޮށްފައިވާ މިއަހަރުގެ ޖެނުއަރީ މަހުގެ އިމްޕޯޓް އެކްސްޕޯޓް ތަފާސްހިސާބުތަކުން ދައްކާގޮތުން ޖެނުއަރީމަހު 9.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، އިމްޕޯޓް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައިވަނީ 287 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން ޖެނުއަރީމަހު 144 މިލިއަން ރިފިޔާގެ މަސް އެކްސްޕޯޓް ކޮށްފައިވާއިރު ރޯޔަލިޓީގެ ގޮތުގައި ލިބިފައިވަނީ 24 މިލިއަން ރުފިޔާއެވެ.
Monthly Statistics - January 2025
— Maldives Customs Service (@CustomsMv) March 3, 2025
⛴️ Imports MVR 5.2B
⛴️ Exports MVR 144M
💰Revenue MVR 287M
In addition;
🔹Major Importing categories
🔸Exporting commodities
🔹top 5 importing / exporting countries
🔗 https://t.co/IPKp2lOpg8 pic.twitter.com/03g4qt7QOb
ޖެނުއަރީ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާ، ޗައިނާ، ޔޫއޭއީ، މެލޭޝިއާ އަދި ސިންގަޕޫރުންނެވެ. އެގޮތުން ޖެނުއަރީމަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ 20 އިންސައްތަ ހިއްސާކުރަނީ އިންޑިއާއިންނެވެ. އަދި 20 އިންސައްތަ ޗައިނާއިންވެސް އިމްޕޮޓްކޮށްފައިވާއިރު ޔުނައިޓެޑް އަރަބްއެމިރޭޓްސް އިންވެސް 20 އިންސައްތަ އިމްޕޯޓްކޮސްފައިވެއެވެ. މީގެ އިތުރުން މެލޭޝިއާއިން 8 އިންސައްތަ އަދި ސިންގަޕޯރ އިން 6 އިންސައްތަ އިމްޕޯޓް ކޮށްފައިވެއެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑް، އިނގިރޭސިވިލާތް، ބަންގްލަދޭޝް ވިއެޓްނާމް އަދި އިންޑިއާއަށް ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.







