މާލެ: 31°C

ޖެނުއަރީ 21 ގެ ނިއަލަށް ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ އިތުރު: ފިނޭންސް

February 5, 2025
296 ފަހަރު ބަލާފައި
ޖެނުއަރީ 21 ގެ ނިއަލަށް ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ އިތުރު: ފިނޭންސް
ޖެނުއަރީ 1 އިން ފެށިގެ 23 ގެ ނިއަލަށް ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ޖެނުއަރީ 1 އިން ފެށިގެ 23 ގެ ނިއަލަށް ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުތައް ހުރީ 846.4 މިލިއަން ރުފިޔާގައިނަމަވެސް އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.  

މިއަހަރުގެ ފުރަތަމަ 23 ދުވަހު ދައުލަތުން ކޮށްފައިވާ ހަރަދުތަކުގެ %100 އަކީ ރިކަރަންޓު ހަރަދެވެ. އަދި ފުރަތަމަ 23 ދުވަހު ދައުލަތަށް ލިބިފައިވާ 1.3 ބިލިއަން ރުފިޔާގެ އާމްދަނީގެ %79 އަކީ ޓެކްސް ގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. މީގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި %21 (275 މިލިއަން ރުފިޔާ) ލިބިފައިވާއިރު ހިލޭ އެހީގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެމުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޙަރަދަށް ބަލާއިރު މުސާރަ އާއި އިނާޔަތްތައް ދިނުމަށް 152 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ  އަހަރުގެ އެމުއްދަތުގައި މުސާރަ އާއި އިނާޔަތްތަކަށް ހޭދަކޮށްފައިވަނީ 9.2 މިލިއަން ރުފިޔާ އެވެ. އަދި ދަތުރުތަކުގެ ހަރަދަށް 5.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި 17.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މިއަހަރުގެ ފުރަތަމަ 23 ދުވަހު އެއްމެ ބޮޑު އަދަދެއް ސަލާމަތް ކޮށްފައިވަނީ އާސަންދައިންނެވެ. އެގޮތުން މިދިޔަ އަހަރު އެ މުއްދަތުގައި އާސަންދަ އަށް 109.8 މިލިއަން ރުފިޔާގަ ޚަރަދުކޮށްފައިވާއިރު މިއަހަރު އެ މުއްދަތުގައި އާސަންދައަށް ޚަރަދުކޮށްފައިވަނީ  62.6 މިލިއަން ރުފިޔާ އެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ