"އަމީނީ މަގުގައި ހިނގާ މަސައްކަތަކީ، ތާރު ކަނޑަނީ، މިހާރު ތާރުއަޅައި ނިމޭ އިރު ހުރި ޖަންގުޝަންތަކުގެ މަތީގައި އެ އޮންނަ ކޮންކްރީޓް ބައި، ތާރު އަޅަމުން ދާއިރު ތާރު ޕޭވަރު ދާނީ އޭގެ ވެސް މަތިން. އެހެންވީމާ އެތާ މަތީގައި ތުނި އެއްޗެއް އަޅައި ބާއްވާފައި އޭގެ މަތިން ނަގާނީ. އެއީ މަސައްކަތް ކުރާ ގޮތް. އެއީ އެ މަސައްކަތް ކުރާ ގޮތް،" އަސްލަމް ވިދާޅުވި އެވެ.ފަހުން ކަނޑައިގެން އެ ނަގަނީ ޖަންގުޝަނުގެ މަތިގަނޑު މައްޗަށް ތުނި ތުނިކޮށް އެޅިފައި ހުންނަ ތާރުކޮޅެއް ކަމަށެވެ. "އެއީ މަގުގައި ތާރު އަޅާ ގޮތް،" އޭނާ ވިދާޅުވި އެވެ. އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ލަސްވެ، ސަރުކާރަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް އެމަގުގެ ބޮޑު ބައެއްގައި ތާރު އެޅީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެ މަސައްކަތް ނިމިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތާރުގަނޑު ކަނޑައިގެން މަސައްކަތްތަކެއް ކުރާ މަންޒަރު ފެނިގެން އޭގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް ބައެއް މީހުން ފާޑުކިޔައި ސުވާލުތައް އުފެއްދި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން އަސްލަމާ ސުވާލުކުރައްވަމުން ގެންދެވި ވަގުތު ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެވާހަކަ ދެއްކެވީ ހަޖޫ ޖައްސަވާ މޭރުމަކުންނެވެ. "އިއްޒަތްތެރި ވަޒީރު، އެހެން ނަމަވެސް އިއްޔެގައި ތާރު އަޅާފައި [މިހާރު ތާރު އެކަނޑަނީ]، އަމީނީ މަގުގައި އަޅުގަނޑުމެންގެ ގައުމަކީ މެދު އާމްދަނީގެ ގައުމެއް، މިޑުލް އިންކަމް ގައުމެއް، މިއީ އަކީ ތަރައްގީ ނުވެ އޮތް ގައުމެއްގެ ގޮތުގައެއް މިހާރަކު ސިފައެއް ނުކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ. ތާރު ކެނޑުމާ ބެހޭ ގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް އަސްލަމް ޖަވާބެއް ދެއްވީ ނަޝީދު އެ ގޮތަށް ވާހަކަފުޅު ދައްކަވާފައި ސުވާލު ތަކުރާރު ކުރެއްވުމުންނެވެ.
ޖަންގުޝަންތަކުގެ މަތިން ގޮސްފައިވާ ތާރުފަށަލަ ކެނޑުން، އެއީ އެކަން ކުރާ ގޮތް: އަސްލަމް

ޖަންގުޝަންތަކުގެ މަތިން ގޮސްފައިވާ ތާރުފަށަލަ ކެނޑުން، އެއީ އެކަން ކުރާ ގޮތް: އަސްލަމް
ލިޔުން:
މާލޭގެ އަމީނީ މަގާއި ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް ތާރު އަޅާފައިވާ މަގުތަކުގެ ތާރުގަނޑު އަލުން ކަނޑައިގެން ޖަންގުޝަންތަކުގެ މަތިގަނޑު ހޯދާތީ މީހުން ކުރަމުން އަންނަ ސުވާލުތަކަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ޖަވާބު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ތާރު އަޅާ އިރުގައި ޕޭވަރު (ތާރުއަޅަން ބޭނުންކުރާ މެޝިނު) ދާނީ ކުރިން ހުރި ޖަންގުޝަންތަކުގެ މަތިން، އެތަންތަނާ ވެސް އެކުގައި ތާރު އަޅަމުން ކަމަށާއި އެގޮތަށް އެކަން ކުރަނީ ކޮންކްރީޓް މަތިގަނޑުގެ މަތީގައި ތުނި އެއްޗެއް އަޅައިގެން ކަމަށެވެ. އެއަށް ފަހު، އެ މަތިގަނޑުގެ މަތިން ގޮސްފައިވާ ތާރުގެ ތުނި ފަށަލަ ފަހުން ކަނޑައިގެން ނެގުން އެއީ "އެކަން ކުރާ ގޮތް" ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އަމީނީ މަގުގައި ވެސް އެ މަސައްކަތް ކުރަނީ އެ އުސޫލުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
