މާލެ: 31°C

ޖަނަވާރު ގެންގުޅުމާ ބެހޭ ބިލް ކޮމިޓީއަށް ފޮނުވައިފި

March 4, 2025
127 ފަހަރު ބަލާފައި
ޖަނަވާރު ގެންގުޅުމާ ބެހޭ ބިލް ކޮމިޓީއަށް ފޮނުވައިފި
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮވައިފި އެވެ.

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮވައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހްމާން އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފައިވާއިރު ބިލު ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލު ދިރާސާ ކުރުމަށް ފޮނުވާފައިވަނީ، އިޖުތިމާއީ ކޮމިޓީއަށެވެ.

މި ބިލުގައި ރަޖިސްޓްރީކޮށްފައިވާ ތަންތަން ނޫން ތަންތަނުގައި ޖަނަވާރު ގެންގުޅޭ ނަމަ ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވެ އެވެ. އަދި ޖަނަވާރަށް އަނިޔާ ކުރާނަމަ ދިން އަނިޔާގެ ކުޑަ ބޮޑު މިނަށް ބެލުމަށް ފަހު ޖޫރިމަނާ ކުރެވޭ ގޮތަށް ހިމަނާފައިވެ އެވެ.

ބިލުގައިވާ ގޮތުން، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަންތަނަށް ވީއްލިގެން އުޅުމަށް ދޫކޮށްލުމާއި، އެފަދައިން ގެންގުޅޭ ޖަނަވާރަކަށް ނުވަތަ ވީއްލިގެން އުޅޭ ޖަނަވާރަކަށް އަނިޔާއެއް ދީފިނަމަ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

މީގެ އިތުރުން، ރަޖިސްޓްރީކޮށްފައިވާ ތަންތަން ނޫން ތަންތަނުގައި ޖަނަވާރު ގެންގުޅޭނަމަ ބިލު ގާނޫނަކަށްވުމުން 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ބިލުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ގަވާއިދާ ޚިލާފަށް އަމަލުކުރާ ފަރާތްތަކުން ކުރާ އަމަލެއްގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމަ އެކަމަށް ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގެ އިޚްތިޞާޞް ލިބިފައިވާ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންވާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ