- ސްޓެލްކޯއިން ކަރަންޓް ނުދިނުން، އެކަން އިއްޔެ ރެއިން ފެށުނު.
- އެޑިއުކޭޝަނުން ޢިޔާސުއްދީނަށް ބިރު ދައްކާ އިންޒާރު ދިނުން، އެކަންތައް މުޅިދުވަހު ތަކުރާރު ކުރަމުން ދިޔަ
- އިލެކްޝަނަށް އެޑިއުކޭޝަން/ ފުލުހުން އިއްޔެއިން ފެށިގެން ތަކުރާރުކޮށް ބިރުދެއްކުން.
- ކޭޓަރިން ހެދި ފަރާތްހޯދައި ކެންސަލް ކުރެވޭތޯ އުޅުން.
- ފުލުހުން އަތުގައި ގާނޫނީ ޙުއްޖަތެއް ނެތްއިރު ސާފުކޮށް ކޮންމެ ގޮތެއް ހަދައިގެން ވިޔަސް އެއްވުން ހުއްޓުވަން އަންގާފައި އޮތުން.

ޖަމީލް، ރައީސް އަށް: ތިޔަ ދައްކަވާ ވާހަކަތަކަށް ބުރަދަނެއް ލިބޭނީ، އިހުސާނާއި ޝަފީއު މަގާމުން ވަކިކުރުމުން
ޖަމީލް، ރައީސް އަށް: ތިޔަ ދައްކަވާ ވާހަކަތަކަށް ބުރަދަނެއް ލިބޭނީ، އިހުސާނާއި ޝަފީއު މަގާމުން ވަކިކުރުމުން
ލިޔުން:
ޕީޕަލްސް ނޭޝަނަލް ފްރޮންޓް، ޕީއެންއެފް އުފައްދަން ރޭ ޣިޔާސުއްދީން ސްކޫލްގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ ޖަލްސާގައި ފުލުހުންގެ އަމަލުތައް ހުރީ ރައީސް ޑރ.މުއިއްޒު އެންގެވިގޮތާ ހިލާފަށްކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް އެކަން ޤަބޫލު ނުކުރައްވާ ކަމަށް ޕީއެންއެފްގެ ސެނެޓްގައި ހިމެނި ވަޑައިގަންނަވާ، ޑރ.މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.
ރޭ ހިނގާދިޔަ ކަންތައްތަކާ ގުޅޭގޮތުން ރައީސް މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ، ރޭ ޕީއެންއެފްގެ މެމްބަރުންނާ ދެކޮޅަށް އެސްއޯ ފުލުހުން އަމަލުކޮށްފައިވަނީ އެމަނިކުފާނު ގެންގުޅުއްވާ އުސޫލުތަކާ ހިލާފަށްކަމަށެވެ. އަދި ރޭގެ ޖަލްސާގައި ފުލުހުން އަމަލުކޮށްފައިވަނީ އެބާވަތުގެ ކަންކަމުގައި އެމަނިކުފާނު ދެއްވާފައިވާ އިރުޝާދުތަކާ މުޅިން ހިލާފަށްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން މީގެ ކުޑައިރުކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ޔާމިނުގެ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ އެންމެ އިސް ވަކީލް ޑރ.ޖަމީލް ވިދާޅުވީ، ރައީސް މިހާރު އެ ދައްކަވަމުން ގެންދަވާ ވާހަކަފުޅު ތަކަކީ ކަނޑައެޅިގެން ޑެމޭޖް ކޮންޓްރޯލް ކުރެވޭތޯ ރައީސް ހައްދަވާ ބުހުތާނު ދޮގުތަކެއް ކަމަށެވެ. މިގޮތުން ސަރުކާރުން ކަންތައް ކުރީ ދުރާލާ ރާވައިގެން ކަމަށް ވިދާޅުވެ ޖަމީލް ވަނީ ފަސް ނުކުތާއެއް ފާހަގަކުރައްވާފައެވެ؛
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
