މާލެ: 31°C

ޖަލުން ބޭނުންކުރި 431 ނަންބަރު މިއަހަރު ވަނީ ބްލޮކް ކޮށްފަ: އިމްރާން

ޖަލުން ބޭނުންކުރި 431 ނަންބަރު މިއަހަރު ވަނީ ބްލޮކް ކޮށްފަ: އިމްރާން
April 18, 2023
3 ފަހަރު ބަލާފައި
ޖަލުން ބޭނުންކުރި 431 ނަންބަރު މިއަހަރު ވަނީ ބްލޮކް ކޮށްފަ: އިމްރާން
ޖަލުގައި ބޭނުންކުރި 431 ނަންބަރެއް ބްލޮކްކޮށް 365 އައިއެމްއައިއީ މިއަހަރުގެ މިހާތަނަށް ބްލެކްލިސްޓްކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބު ދެއްވައި ހޯމް މިނިސްޓްރު އިމްރާން ވިދާޅުވީ ޖަލުގައި ބޭނުންކުރި 10 އައިޕީ އާއި 12 ވެބްސައިޓް މިއަހަރުގެ މިހާތަނަށް ބްލޮކްކޮށްފައިވާ ކަމަށެވެ.
އިމްރާން ވިދާޅުވީ ސްކޭމްތަކުގެ މައްސަލަ ހައްލުކުރުމަށް ، މާފުށީ ޖަލު ހިމެނޭ ސަރަހައްދުގައި ބޭނުންކުރާ މޯބައިލް ފޯނުގެ މައުލޫމާތުތައް އެންޓަނާއެއް މެދުވެރިކޮށް ޖަމާކުރެވޭ ކަމަށެވެ. އަދި އެންޓަނާ އަށް ލިބޭ މައުލޫމާތު ޖަމާވަނީ މުއާސަލާތީ ހިދުމަތް ދޭ ދިރާގާއި އުރީދޫގެ ސާވާތަކަށް ކަމަށާއި ނަމަވެސް އެ މައުލޫމާތު ފުރިހަމައަށް ފުލުހުންނާ ހިއްސާ ނުކުރާ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
" އެފަދަ މައުލޫމާތުތައް ފުލުހުންނާ ހިއްސާކުރުން ލާޒިމްވާ ގާނޫނެއް އޮތުން މުހިންމު " އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ޖަލު ތެރޭގައި ގައިދީން ބޭނުންކުރާ ނަންބަރުތަކާއި އަދި އެހެން ނަންބަރުތައް ވަކިކުރުމަށް ކަރެކްޝަނަލްގެ އޮފިސަރުން ބޭނުންކުރާ ފޯނުތަކާއި ފޯނު ނަންބަރާ ގުޅޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރަމުންދާ ކަމަށެވެ.
ބައެއް ނަމްބަރުތަކުގެ ހިދުމަތް ކަނޑާލަން އޮޕަރޭޓަރުންގެ ފަރާތުން އެދުމުން އެކަން ވެސް ލަސްވާ ކަމަށް ވެސް އިމްރާން ފާހަގަ ކުރެއްވިއެވެ.
ސްކޭމް ކޯލުތައް ގިވަނަވެފައިވާތީ ، މިހާރު ވަނީ ރަޖިސްޓާ ނުކުރާ ސިމް ބޭނުންނުކުރެވޭ ގޮތް ވެސް ހަދާފައެވެ. ގިނަ ސްކޭމް ކޯލުތައް ކުރަނީ ޖަލުން ކަމުގައި ފުލުހުން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ