ޖަލުން އަނިޔާކޮށްގެން ރިޕޯޓެއް ކޮށްފިއްޔާ، އެކަން ބަލަނީ އަޅުގަނޑު އަމިއްލައަށް: އިމްރާން

ޖަލުން އަނިޔާކޮށްގެން ރިޕޯޓެއް ކޮށްފިއްޔާ، އެކަން ބަލަނީ އަޅުގަނޑު އަމިއްލައަށް: އިމްރާން
ލިޔުން:
ޖަލުތަކުގައި ގައިދީންނަށް އަނިޔާ ނުކުރާކަމަށާއި އެފަދަ ރިޕޯޓެއް ލިބިއްޖެ ނަމަ އަމިއްލަ ފުޅަށް އެކަން ބައްލަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގައި ކާށިދޫ ދާއިރާ ގެ މެމްބަރު ޖާބިރު ކުރެއްވި ސުވާލަކަށް ޖާވާބުދާރީވެ މިނިސްޓަަރު އިމްރާން ވިދާޅުވީ، ޖަލުތަކުގައި އަނިޔާވެރި ޢަމަލުތައް ހިންގުމަކީ މާޒީކަމަށާއި، އެއްވެސް މީހަކަށް ޖަލުގައި އަނިޔާކުރާނަމަ އެކަން ކުރާ މީހަކަށް ވަޒީފާގައި ދެމި ނުހުރެވޭނެކަން މިހާރު ކަށަވަރު ވާނެކަމަށެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ، ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން، ޖަލުތަކުގައި ކުރެވޭ އަނިޔާވެރި އަމަލުތައް ހުއްޓުވުމަކީ އެންމެ އިސްކަންދެއްވި އެއްކަންތައް ކަމަށެވެ. އަދި ރައީސްގެ އިރުޝާދުގެ ދަށުން ޖަލުތަކުގައި ކުރެވޭ އަނިޔާ ހުއްޓުވައިފައިވާނެ ކަމަށާއި އެފަދަ ކުށްތައް ކުރާ އޮފިސަރުންނަށް ވަޒީފާގައި ދެމި ނުތިބެވޭނެކަން މިހާރު ޔަގީންވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑު ޔަގީންކުރަން އިނގޭތޯ ޖަލުގަ މީހަކަށް އަނިޔާކޮށްގެން އެއްވެސް ރިޕޯޓެއް އައިސްސިއްޔާ އަޅުގަނޑު އަމިއްލަޔަށް އެކަން ބަލަން. މިވޭރުވެދިޔަ ހަތަރު އަހަރު ބައިގެ ތެރޭގަ ޖަލުގަ މީހަކަށް އެއްވެސް ގޮތަކަށް އަނިޔާއެއް ކޮށްފި ކަމަށްވާނަމަ، އެކަމެއް އަޅުގަނޑު ހުންނާނީ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް އަދި ބައެއް ކޭސްތައް ސީދާ މީހުނާއި އަޅުގަނޑު ބައްދަލުކޮށްފަ ހުންނާނެ." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
އޭގެ އިތުރުން މިނިސްޓަަރު އިމްރާން ވިދާޅުވީ، ، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ޖަލުތަކުގައި ރިހިބިލިޓޭޝަންގެ މަސައްކަތް ކުރިއަށްވުރެ އިސްކަމެއް ދެއްވައިގެން ކުރައްވާކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
