
ޖަލުގައި މަސައްކަތްކުރާ ދުވަހަކަށް ހުކުމުން ދުވަހެއް އުނިކުރަނީ
ޖަލުގައި މަސައްކަތްކުރާ ދުވަހަކަށް ހުކުމުން ދުވަހެއް އުނިކުރަނީ
ލިޔުން:
ޖަލުގައި ހިންގާ ރިބިލިޓޭޝަން ޕްރޮގްރާމްުގައި ބައިވެރިވެ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް ދުވަހެއް އެ ގައިދީގެ ހުކުމުން އުނިކުރާގޮތައް ހަމަޖައްސަވައިފި.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން މާފުށީގައި ހެދި ދިވެހި ސަގާފީ ގޯތި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވީ ޖަލުތަކުގައި ތިބޭ ގައިދީންނަށް ހާއްސަކޮށް ހިންގޭ ރިހިބިލިޓޭޝަން ޕްރޮގްރާމް ތަކުގައި ބައިވެރިވެ މަސައްކަތްކުރާ ދުވަހަކަށް ދުވަހެއް ގައިދީންގެ ހުކުމުން އުނިކުރަން ރައީސުލް ޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށާއި، އެކަމާ ގުޅިގެން ގާނޫނު ތަކަށާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެކަން ވަރަށް އަވަހަށް ތަންފީޒުކުރަން ފަށާނެކަމަށެވެ.
އަދި ގައިދީން ރިހެބިލިޓޭޓް ކުރުމުގެ ތެރޭގައި މިހާރަށްވުރެ ބޮޑަށް ޤައުމިއްޔަތާއި ސަގާފަތް ހިމަނައިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ބަލައި އެގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށްވެސް ރައީސް ލަފާ ދެއްވާފައިވާކަމަށް ވިދާޅުވެ މިނިސްޓަރ އިހްސާން ވިދާޅުވީ އެކަމާ ގުޅިގެން ޖަލުގައި ހިންގާ ރިހިބިލިޓޭޝަން ޕްރޮގްރާމް ތަކުގައި ގައުމިއްޔަތު ހިމަނަން ނިންމާފައިވާކަމަށާއި އެކަމާ ގުޅޭ މަސައްކަތްތައް މިހާރު ކުރެވެމުންދާކަމަށެވެ.
އޭގެ އިތުން ގައިދީން ކުރާ މަސައްކަތުން ލިވޭ އާމްދަނީން ބައެއް ގައިދީންނަށް ލިބޭނެ އިންތިޒާމް ވެސް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށްވެސް މިނިސްޓަރ އިހްސާނު ވިދާޅުވިއެވެ.
އެހެންކަމުން ޖަލަށް ވަނުމާއެކު ގައިދީގެ އިސްލާހީ މަސައްކަތް އެ ފެށުނީ ކަމަށާއި ދެން ކުރަން ޖެހޭނީ މުޖުތަމައުއަށް ބޭނުންތެރި މީހަކަށް ވެގެން އަނބުރާ މުޖުތަމައުއަށް ނިކުމެ، ގައުމު ތަރައްގީ ކުރުމުގެ މަސައްކަތް ކަން ކަމަށް މިނިސްޓަރު އިހްސާނު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
