"އެފަދަ ފަރާތްތަކުގެ [ހަރުކަށި ފިކުރުގެ މީހުންގެ] ފަރާތުން ޖަލުގެ މުޅި ނިޒާމަށް ކުރިމަތިވާ ގޮންޖެހުންތައް މިއަދުވެސް [އެބަ ހުރި] އިނގޭތޯ. ރޭގައި ވެސް އަޅުގަނޑުމެން ހަމަ ހޭލައި ތިބެން ޖެހޭ ފަދަ އެތައް ހާދިސާތަކެއް ދިމާވި،" އިމްރާން ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވި ގޮތުގައި ހަރުކަށިފިކުރުގެ މީހުން އެހެން ގައިދީންނާ ވަކިން ބޭތިއްބުމަށް ޓަކައި ޖަލުގައި ހަދާ ވިންގްގެ މަސައްކަތް މިއަހަރުގެ ޖުލައިމަހާ ހަމައަށް ނިންމައިލެވޭނެ ކަމަށް ސަރުކާުރުން އުއްމީދުކުރެ އެވެ. ޖަލުގައި ހަދާ އެބައި ޑިޒައިންކޮށްފައި ވާނީ ސިންގަޕޫރު ފަދަ ގައުމުތަކުގައި އެފަދަ ތަންތަން ޑިޒައިންކޮށްފައިވާ ގޮތް ނަމޫނާއަކަށް ބަލައިގެންނެވެ. އެހެން ނަމަވެސް އެތަން ޑިޒައިންކޮށްފައި ވާނީ ރާއްޖޭގައި ވަސީލަތްތައް ހުރި ވަރަށް ރިއާޔަތްކޮށްގެން ކަމަަށް ވެސް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ސިންގަޕޯގައި ގޮސް ބެލި ފެސިލިޓީ ޑިވެލޮޕްކޮށްފައި އޮތީ ސިންގަޕޯގެ 50 މިލިޔަން ޑޮލަރަށް. އަޅުގަނޑުމެންނަށް ލިބުނީ އަަޅުގަނޑުމެންގެ ފެސިލިޓީ ޑިވެލޮޕްކުރަން 35 މިލިޔަން ދިވެހި ރުފިޔާ،" އިމްރާން ވިދާޅުވި އެވެ. އެހެން ނަމަވެސް ހަރުކަށި ފިކުރުގެ މީހުން ބަންދުކުރަން ރާއްޖޭގައި ހަދާ ފެސިލިޓީ އަކީ ވެސް އެފަދަ ފަރާތްތައް އެކަށީގެންވާ ފެސިލިޓީއަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިމްރާން ވިދާޅުވި ގޮތުގައި ރާއްޖޭގެ ޖަލުތަކުގައި ހަރުކަށި ފިކުރުގެ މީހުން ވަކިން ބައިތިއްބުމަށް ޓަކައި އެމީހުން ދެނެގަންނާނެ ގޮތްތައް މިހާރު ވަނީ ކަނޑައަޅައި ނިމިފަ އެވެ. އެ މީހުން ވަކިކޮށް ދެނެގަންނަނަނީ އެކަމަށް އެކުލަވައިލާފައިވާ މިންގަނޑުތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަލުގައި ހަރުކަށި ފިކުރުގެ މައްސަލަ ބޮޑު، ހޭލައި ތިބެން ޖެހޭ ފަދަ ހާދިސާތައް ރޭ ވެސް ހިނގި: އިމްރާން

ޖަލުގައި ހަރުކަށި ފިކުރުގެ މައްސަލަ ބޮޑު، ހޭލައި ތިބެން ޖެހޭ ފަދަ ހާދިސާތައް ރޭ ވެސް ހިނގި: އިމްރާން
ލިޔުން:
ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ޖަލުތަކުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށާއި އެފަދަ ނުރައްކާތެރި ހާދިސާތަކެއް ރޭ ވެސް ހިނގި ކަމަށް ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ދެނެގަނެ، ޖަލުގައި އެ ކަހަލަ މީހުން ވަކިން ބައިތިއްބަން މަަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެން ނަަމަވެސް އެފަދަ މީހުންގެ ފަރާތުން ޖަލުގެ ނިޒާމަށް އަދި ވެސް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. އެކަމުން އަރައިގަތުމަށް ވަރަށް ގިނަ މަަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެކަމަށް ހާއްސަ ވިންގެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
