
ޖަލު އޮފިސަރުން ހޯދަން އިއުލާންކޮށްފި
ޖަލު އޮފިސަރުން ހޯދަން އިއުލާންކޮށްފި
ލިޔުން:
ޖަލުތަކުގައި މަސައްކަތްކުރާނެ ޕްރިޒަން އޮފިސަރުން ހޯދަން ކަރެކްޝަނަލް ސާވިސް އިން އިއުލާންކޮށްފި އެވެ.
އެ މަގާމުތަކަށް ޝައުގުވެރިވާ އުމުރުން 18-30 އަހަރާ ދެމެދުގެ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އެތަނުން ބުނެއެވެ. ޕްރިޒަން އޮފިޒަރުންގެ އަސާސީ ފެންވަރަކީ ގްރޭޑް 10 ނިންމާފައިވުމެވެ.
ޕްރިޒަން އޮފިސަރުންގެ އަަސާސީ މުސާރަ އަކީ މަހަކު 6،050ރ. ކަމަށާއި، އޭގެ އިތުރުން ހުވާކުރުމަށް ފަހު ސާވިސް އެލަވަންސްގެ ގޮތުގައި 3،500ރ އާއި ލިވިން އެލަވެންސްގެ ގޮތުގައި 2،500ރ. ލިބޭނެ އެވެ. އަދި ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ 45 އިންސައްތަ (2،722ރ.)، ޔުނިފޯމް އެލަވަންސްގެ ގޮތުގައި ވަޒީފާ އަށް ނިކުންނަށް ދުވަހުން ފެށިގެން ކޮންމެ މަހަކު 300ރ. ލިބޭނެ އެވެ.
މި ވަޒީފާއަށް ނަގާ މީހުން މަސައްކަތް ކުރާނީ މާފުށި ޖަލާއި މާލެ ޖަލާއި އައްސޭރި ޖަލުގެ އިތުރުން ހުޅުމާލެ ޖަލުގައި ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.
ވޭތުވެ ދިޔަ އަހަރުވެސް ވަނީ ގިނަ އަދަދެއްގެ އޮފިސަރުން ތަމްރީނުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
