
ޖަލު ހިންގުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި
ޖަލު ހިންގުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި
ލިޔުން:
ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ޖަލު ހިންގުމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އާ ގުޅިގެން ރާއްޖޭގެ ޕްރިޒަން އޮފިސަރުންނަށް ދީފިއެވެ.
މިދިޔަ ހޯމައިން ފެށިގެން އަންގާރަ ދުވަހާ ހަމައަށް މާފުށީ ޖަލުގައި ކުރިޔަށް ގެންދިޔަ "ޕްރިޒަން މެނޭޖްމަންޓް ވޯކްޝޮޕް" ގައި އެކި ޖަލުތަކުން ޖުމްލަކޮށް މިޑްލް-މެނޭޖްމަންޓް ލެވެލްގެ 20 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
ޕްރިޒަން މެނޭޖްމަންޓް ވޯކްޝޮޕްގެ މައިގަނޑު އަމާޒަކީ ބައިވެރިންނަށް ޖަލު ހިންގުމުގެ ޕްރެކްޓިސްތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކުގެ އިލްމް އުނގަންނައި ދިނުމެވެ. މީގެ ތެރޭގައި މަންޑޭލާ ރޫލްސް، ބެންގްކޮކް އަދި ހަވާނާ ކޮންވެންޝަން ކިޔައި ދިނުން ހިމެނެއެވެ.
އެ ވޯކްޝޮޕްގެ ތެރޭގައި ބައިވެރިންނަށް ހާލަތްތަކުގައި ނިންމުންތައް ނިންމުމަށް ބޭނުންވާ ފަދަ މެނޭޖްމަންޓް އޮޕްޝަންތައް ކިޔައިދީ، ގައިދީންގެ އުޅުން ދޭހަވާނެ ގޮތްގޮތަށް ވިސްނުންތައް ބެހެއްޓުމާއި އެ ފަރާތްތަކުގެ އުޅުމާމެދު ފިޔަވަޅު އަޅާނެ ގޮތްތައް ކިޔައިދީފައިވެއެވެ.
މި ޕްރޮގަރާމްގައި އޮފިސަރުންނަށް ނަގައިދެވުނު މޮޑިއުލްތަކުގެ ތެރޭގައި ދި އައިސީއާރްސީ އެޕްރޯޗް ޓު ޑިޓެންޝަން، އިންޓަނޭޝަނަލް ސްޓޭންޑަޑްސް އެންޑް ނޯމްސް، އޯވަކްރައުޑިން، އޮރިއެންޓޭޝަން (ރޫލްސް އެންޑް ރެގިއުލޭޝަންސް) ފަދަ މޮޑިއުލްތައް ހިމެނެއެވެ.
"ޕްރިޒަން މެނޭޖްމަންޓް ވޯކްޝޮޕް" އިއްޔެ ނިންމާލުމަށްފަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަނީ ބައިވެރިންނަށް ސެޓްފިކެޓް ވެސް ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
