ޖާބިރު އިސްތިއުފާދީފި، ޑީއާރުޕީގެ ދަރަންޏަށް ޒިންމާވާނެ މީހެއް ނެތް!

ޖާބިރު އިސްތިއުފާދީފި، ޑީއާރުޕީގެ ދަރަންޏަށް ޒިންމާވާނެ މީހެއް ނެތް!
ލިޔުން:
ރާއްޖެއަށް މަލްޓިޕާޓީ ސިޔާސީ ނިޒާމު ތައާރަފްވުމާއި އެކު އޭރުގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ވަގުތީ ލީޑަރުކަމުންނާއި މެމްބަރުކަމުން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އިސްއިތުފާ ދެއްވައި، އެޕާޓީގެ ބޮޑެތި ދަރަނިތަކަށް ޒިންމާވާނެ ފަރާތެއް އަނެއްކާ ވެސް ނެތިއްޖެ އެވެ.
ޑިއާރުޕީގެ ޓިކެޓްގައި ރައީސް މައުމޫނު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރެއްވި ކެމްޕޭނާއި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރި ކެމްޕޭނާ ގުޅޭ ގިނަ ދަރަނިތަކެއް އެޕާޓީގެ އެ ބަ އޮތެވެ. އެ ދަރަނި ތަކާއި އެކު ޕާޓީ ދޫކޮށްލާފައި ކުރީގެ ލީޑަޝިޕް ދިޔަ ފަހުން ޖާބިރު ޑީއާރުޕީއާ ހަވާލުވެވަޑައިގެންނެވީ ދާދި ފަހުންނެވެ. އޭނާ ޑީއާރުޕީން ވަކިވެވަޑައިގެންނެވިކަން މިއަދު ހާމަކުރެއްވީ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބެވެ. ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ގާނޫނުގައި ކަނޑައެޅުމުގެ މުހިއްމުކަން އެއާ އެކު ހަބީބު ފާހަގަ ކުރެއްވި އެވެ.
[embed]https://twitter.com/IsmailHabeeb/status/1624951099844362241?s=20&t=9XN3oKy-lbQzlBXD9_cvSw[/embed]
"ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަމާއި، ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތެއް ސިޔާސީ ޕާޓީގެ ޤާނޫނުގައި ކަނޑައެޅިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް،" އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ޓެގް ކުރައްވައި، ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
[embed]https://minivan.mv/75175/[/embed]
ޖާބިރު ޑީއާރުޕީން ވަކިވެވަޑައިގެންނެވި އިރު އެޕާޓީ އުވައިލުމުގެ މަސައްކަތް ކުރިއަށް ގެންދަން ވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އަންގައިފަ އެވެ.
އީސީން އިއްޔެ ކުރިން ކުރި އިއުލާނެއްގައި ބުނި ގޮތުގައި ޑީއާރުޕީ އުވައިލަނީ ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ބޭނުންވާ 3،000 މެމްބަރުން އަލުން ހަމަކުރަން އެ ޕާޓީއަށް ދިން ތިން މަސްދުވަހުގެ މުހުލުތަކު ހަަމަވި އިރު އެ އަދަދަށް މެމަބަރުން ހަމަކުރެވިފައި ނުވާތީ އެވެ.
"… ދިވެހި ރައްޔިތުންގެ ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ޙަރަކާތެއް ނުހިންގުމަށާއި، ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވާލުމުގެ އިޖުރާއާތު ފުރިހަމަ ކުރުމަށް އެ ޕާޓީއަށް ވަނީ ލިޔުމުން އަންގާފައެވެ، އީސީން އޭރު ކުރި އިއުލާނުގައި ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
