މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުންގެ ފޯމު ބަލައިގަންނަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުންގަޑިއަކީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 އެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށް އީސީން ނިންމި ނަމަވެސް އޮއްޔެ މަޖިލީހުގައި ވަނީ އިންތިހާބު ރޯދަފަހަށް ފަސްކުރުމަށް ނިންމާފައެވެ. ނަމަވެސް އެ ނިންމުމަށް އަމަލު ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގު ކުރެއްވުމުންނެވެ.
ޖާބިރުގެ ޓިކެޓް ގާނުނީ ވަކީލު ނަސީރަށް ދީފި
ޖާބިރުގެ ޓިކެޓް ގާނުނީ ވަކީލު ނަސީރަށް ދީފި
ލިޔުން:
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ގާނޫނީ ވަކީލު އަބްދުﷲ ނަސީރަށް ދޭން އެ ޕާޓީން މިއަދު ނިންމައިފި އެވެ.
އެ ޕަޓީން މިމަހުގެ 3 ވަނަ ދުވަހު ބޭއްވި ޕްރައިމަރީގައި އެ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި މިހާރު ވެސް އެ ދާއިރާގެ މެމްބަރު މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖަބިރު، އަހްލާގީ މައްސަލައަކާއި ގުޅިގެން އެމްޑީޕީން ވަކިކުރުމަށް ފަހު، އޭނާގެ އަތުން ޓިކެޓް މިހާރު ވަނީ އަތުލާފައެވެ. އަދި އެ މައްސަލަ އޭނާ އޮތީ އެމްޑީޕީގައި އިސްތިއުނާފު ވެސް ކޮށްފައެވެ.
ޖާބިރުގެ ޓިކެޓް އެމްޑީޕީން ދިން ނަސީރަކީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ހުޅުމާލެ އުތުރު ދާއިރާ އަށް ވާދަކުރައްވައި ބަލިވި ކެންޑިޑޭޓެކެވެ. އެގޮތުން، ނަސީރުގެ މައްޗަށް އެ ދާއިރާގައި ކާމިޔާބު ހޯއްދެވީ އެމްޑީޕީގެ ސަރުކާރުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މޫސާ އަލިމަނިކު (މޫކޭ) އެވެ. މޫކޭ 70 ވޯޓު ހޯއްދެވިއިރު ނަސީރަށް ލިބިވަޑައިގަތީ 66 ވޯޓެވެ.
ނަސީރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އެވެ. އޭނަ ކުރިން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑް މެންބަރުކަން ވެސް ކުރައްވާފައިވެ އެވެ.
ޖާބިރު ވަނީ ޓިކެޓް އަތުލުމުން މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
